ads
ގދ. ފިޔޯރީ ސުކޫލު އެންމެ މޮޅު ދަރިވަރު އިޝާ އިބްރާހިމް
ދަމު ނަމާދުކޮށް ކިޔެވީ މަންމަޔާއި ބައްޕަ އަށްޓަކައި، ފިޔޯރީ ސުކޫލުގެ މޮޅު ދަރިވަރު އިޝާ
ކޮންމެ ސުކޫލެއްގަވެސް އަހަރު ނިމި ވަނަވަނައަށް އަންނަ ދަރިވަރުންނަށް އިނާމު ދިނުމަކީ އެ ސުކޫލަކުން ކުރާ ކަމެކެވެ. އިނާމު ދިނުމުގެ ޖަލްސާގައި އެއްބައި ދަރިވަރުންނަށް އުފާ ލިބެއެވެ. އަނެއްބައި ދަރިވަރުންނަށް މަސައްކަތް ކޮށްފައިވެސް އިނާމެއް ނުލިބުމުން ދެން އަންނަ އަހަރަށް އުއްމީދުތައް ކުރެއެވެ.
Advertisement

އަދި މަސައްކަތްކޮށް ކިޔައި ވަނަ އެއް ހާސިލް ނުކުރެވުމުން ބައެއް ދަރިވަރުން ކިޔެވުމުގެ މަތިން އެއްކޮށް ފޫހިވެސް ކޮށްލައެވެ. ނަމަވެސް ގދ. ފިޔޯރީ ސުކޫލު އެންމެ މޮޅު ދަރިވަރު ތައުލީމީ ހަޔާތުގެ އަޑިގުޑަން ތަކުން އަރައިގަތުމުގައި ކުރީ އުއްމީދު ތަކެކެވެ.

10 އަހަރުގެ ތައުލީމީ ހަޔާތެއް ކަނޑައްތު ކޮށް، މުޅި ސުކޫލުން އެންމެ މޮޅު ދަރިވަރުގެ ވަނަ ހާސިލް ކުރެވޭނީ ފޫހިކަނެއްނެތި މި ދެއްނެވި ކަހަލަ އުއްމީދުތައްކެއް ހިތުގައި އާލާ ކުރެވޭ ދަރިވަރުންނަށް ކަން ވެސް ޔަގީނެވެ.

ގުރޭޑް އެކަކުން ފެށިގެން ވަނަތައް ހާސިލްކޮށް ގުރޭޑް ފަހެއްގެ އިނާމު ދިނުމުގެ ޖަލްސާގައި ގދ. ފިޔޯރީ އިޝާ އިބްރާހިމް އިށީނީ ވަރަށް ފޮނި އުއްމީދުގައެވެ. އެ ޖަލްސާގައި އިނާމު ބައްސަވައި ނިމި ޖަލްސާ ނިމުނު އިރު ވެސް އިޝާ އަށް އިދެވުނީ ހިޔާލެއްގައެވެ. 

your imageގދ. ފިޔޯރީ ސުކޫލު އެންމެ މޮޅު ދަރިވަރު އިޝާ އިބްރާހިމް

ޖަލްސާ ހޯލުން އެންމެން ނުކުމެގެން ދިޔައިރު، އިޝާގެ ސިކުޑީގައި އެނބުރެމުން ދިޔައީ އެހެން ކުދިންނާއި މުޅިން ތަފާތު ވިސްނުމެކެވެ. އެވާހަކަ އެއްވެސް މީހަކަށް ހިއްސާ ކުރުމަށް އިޝާ ބޭނުމެއްނުވިއެވެ. 

2023 ވަނަ އަހަރު ފިޔޯރީ ސުކޫލްގެ ބޭއްވި ޖަލްސާގައި އެންމެ މޮޅު ދަރިވަރުގެ ލަގަބް ލިބުނު އިޝާ އިބްރާހިމް އޭނާގެ ތައުލީމީ ހަޔާތުގެ ދިމާވި ގޮންޖެހުންތަކާއި 10އަހަރުގެ ތަޖުރިބާ "ސީއެންއެމް" އާއި ހިއްސާ ކުރަމުން ބުނީ ގުރޭޑް އެކަކުން ފެށިގެން ވެސް އިޝާއަކީ ސުކޫލުން ފާހަގަ ކުރެވޭ ވަނަތައް ލިބެމުން އައި ކުއްޖެއް ކަމަށެވެ.

your imageގދ. ފިޔޯރީ ސުކޫލު އެންމެ މޮޅު ދަރިވަރު އިޝާ އިބްރާހިމް

އިޝާގެ އުއްމީދަކަށްވީ އިޝާ ބަލަމުން އައި އޭނާގެ މަންމަޔާއި ބައްޕަގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކަމަށްވެސް އިޝާ ބުންޏެވެ. އަދި ބެސްޓު އޯލް ރައުންޑު ހޯދުމަށް ހިތައް އަރާ ކޮންމެ ފަހަރަކު ހިތައްއަރާ އެ ވަނަ އާއި އެކީ ސްޓޭޖް މަތީގައި މަންމަ އާއި ބައްޕަ އާއި އެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް ލިބޭނެއޭ އިޝާބުންޏެވެ.

އަދި އެގޮތަށް ހިތަށް އެރުމުން ކިޔެވުމުގެ މޯޓިވް އަންނަކަމަށާއި، ދެކެން ބޭނުންވި އެ ދުވަސް ހާސިލް ކުރެވިއްޖެ ކަމަށްވެސް އިޝާ ބުންޏެވެ.

ާ" އިޝާ ބަލަމުން އައީ އިޝާގެ އަސްލު ބައްޕަ އެއް ނޫން. ނަމަވެސް އެއީ އިޝާގެ ހުރިހާވެސް ކަމަކީ. ސުކޫލަށް ގެންގޮސް ގެނެސްދީ ހަދައިދޭ. އެ ބައްޕަ އާއި މަންމަ އަށްޓަކާއި އިޝާ ކިޔެވީ. އިޝާ

ގުރޭޑް ފަހެއްގެ, އިނާމު ދިނުމުގެ ޖަލްސާގައި އިޝާ ވިސްނި ބޮޑު ވިސްނުން ހަގީގަތަކަށް ހެދުމަށް ކަނޑައެޅި އަޒުމުގެ ފޮނި ރަހަ މުޅި ރަށަށް ސާބިތު ކޮށްދިނީ  22 ޖޫންގައި ފިޔޯރީ ސުކޫލުގައި ބޭއްވި 2021، 2022 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ ވަނަޔާއި އެކުގައެވެ.

އިޝާ ބުނީ ކިޔެވުމުގެ މަރުހަލާގައި ވަރަށް ގިނަ ގޮންޖެހުންތައް ހުންނާނެ ކަމަށާއި، ނަމަވެސް އެ ގޮންޖެހުންތައް ގިރާ ކުރުމުގައި ގަދަ އަޅާ މަސައްކަތް ކޮށްފި ނަމަ ކޮންމެ ދަރިވަރަކަށް ވެސް އެކަން ހާސިލު ކުރެވޭނެ ކަމަށެވެ. 

އެގޮތުން ގުރޭޑް ނުވެއެއްގެ އަހަރު އިޝާގެ ކިޔެވުމަށް ވަރަށް ބޮޑު ބަދަލުތަކެއް އައިކަމަށާއި، އެ ބަދަލު އައީ އިޝާގެ އެންމެ ބޮޑު ދައްތަ މަރުގެ ހަބަރު ލިބުމުން ކަމަށެވެ. 

" ދައްތަ އިޝާ އަށް ކިޔަވައިދޭން ވަރަށް މަސައްކުރި. ފޮތުގައިވެސް ހުންނާނެ ދައްތަ ލިޔެފަ ހުންނަ ފިލާވަޅުތައް. އެ ލިއުންތައް ފެނުނީމަ ދައްތަމަތިން ހަދާންވާތީ ކިޔެވުމުން ދުރަށް ދެވުނު. އެ އަހަރު ނަތީޖާ ވަރަށް ދަށްވި." އިޝާ

އިޝާ ބުނީ އެ އަހަރު ކިޔެވުން ދަށްވި ނަމަވެސް ގުރޭޑް 10 އަކަށް ބަދަލުވެ ދެން މަސައްކަތް ކުރީ އިތުރަށް ކިޔެވުމަށް ކަމަށާއި، އޭއީ ދައްތަގެ ވެސް އުއްމީދެއް ކަމަށެވެ. އިޝާ މޮޅު ކުއްޖަކަށް ވުމަށް ދައްތަ ދުނިޔޭގައި ހުއްޓާ ވަރަށް މަސައްކަތް ކުރި ކަމަށް ވެސް އިޝާ ބުންޏެވެ. 

ނަމަވެސް އަނެއްކާވެސް އިތުރު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި، އެއީ ބެލެނެވެރިންގެ ފަރާތުން ކަމަށެވެ. 

"ބެލެނެވެރިން އިޝާ އަށް ކެޕްޓަން ބޭންޑް ލިބުމުން ވަރަށް ފާޑު ކި. އެއީ އިޝާ އަށް ހައްގު އެއްޗެއް ނޫންކަމަށް ބުނި. އެކަމަކު ސުކޫލުގެ ޓީޗަރުން ވަރަށް ރަނގަޅު. ބުނި އިޝާ ކައިރީ ހިތްވަރު ކުރަން ކިޔަވަން. އެހެންވެ އެ އަޑު ތަކެއް ނަހާ ކިޔެވީ." އިޝާ

އިޝާ ބުނީ ކިޔެވުމުގެ މި މަރުހަލާގައި ލިބުނު އެންމެ ބޮޑު ހިތްވަރަކީ ނަމާދު ކުރުން ކަމަށެވެ. އަދި ދަމު ނަމާދުކޮށް އެންމެ ކުޑައިރުއްސުރެ ދުޢާ ކުރުމުގެ ނަތީޖާ ވަރަށްވެސް ފޮނި ކަމަށެވެ. 

މިހާރު އިޝާ ދަނީ މަތީ ތައުލީމް ހާސިލް ކުރުމަށް އިތުރަށް ކިޔެވެމުންނެވެ. އަމިއްލަ ރަށް ދޫކޮށް މާލެއަށް އިޝާ ވަނީ ބަދަލު ވެފައެވެ. ރަށުގެ ކިޔެވުމާއި މާލޭގެ ކިޔެވުން ހާސް ގުނަ ތަފާތު ކަމަށް އިޝާ ބުންޏެވެ. 

your imageގދ. ފިޔޯރީ ސުކޫލު އެންމެ މޮޅު ދަރިވަރު އިޝާ އިބްރާހިމް މަންމަ އަދި ބައްޕައާއި އެކު

އިޝާ ބުނީ އެންމެ ކުޑައިރުއްސުރެވެސް ބޭނުންވީ ކިޔެވައިގެން މެޑިސިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ކަމަށެވެ. އެހެންކަމުން އަނެއްކާވެސް ގިރާކުރަން މި ޖެހުނީ ތަފާތު މަރުހަލާއެވެ. މި މަރުހަލާގައި ވެސް އިތުރަށް ކިޔެވުމަށް މަސައްކަތް ކޮށް ކާމިޔާބު ހޯދުމަށް ހިތްވަރު އެލުވާނުލާނެ ކަމަށް އިޝާ ބުންޏެވެ.

އިޝާ ބުނީ މޮޅު ކުއްޖަކަށް ވާން ބޭނުންނަމަ ދަމުނަމާދު ކޮށް ދުޢާ ކުރުމަށާއި، ނަމާދު ކުރުން މަތީ ދެމި ހުރުމަށެވެ.  

93%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
1%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް