ads
ހުސެއިން ޝަމީމް——
އިންތިހާބުގެ ކުރިން ޔާމިންގެ މައްސަލަތައް ނިމޭނެ: ޕީޖީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ކޯޓުގައި ހިގަމުންދާ މައްސަލަތައް އަދި ހައިކޯޓުގައި މިހާރު ހިގަމުންދާ އިސްތިއުނާފީ މައްސަލަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
Advertisement

ޝަމީމް މިހެން ވިދާޅުވީ ރާއްޖޭޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. 

ޝަމީމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިލާން އޮންނަ މުއްދަތު ހަމަވުމުގެ ކުރިން މައްސަލަތައް ނިންމައި ދިނުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ ހައިސިއްޔަތުން އޭނާ އެދިފައި އޮންނާނެ ކަމަށެވެ. 

ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުލުފުލުގައި ތާވަލް ކުރަމުން ގެންދާތީ އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ބޭނުންވަނީ ވީހާވެސް އަވަހަށް މައްސަލަތައް ނިންމަން ކަމަށް އޭނާ އަރިހުގައި ވިދާޅުވި ކަމަށެވެ.

އަދި ރާއްޖެ އިން ބޭރުގެ ފަރާތްތަކުން ވެސް ރިޔާސީ ކެންޑިޑޭޓް ވުމުން ވީހާވެސް އަވަހަކަށް ރައީސް ޔާމީންގެ މައްސަލަ ނިންމަން ބާރު އަޅުއްވަމުން ގެންދަވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޕީއެމް އިން ތުހުމަތު ކުރާ ގޮތުގައި ކްރިމިނަލް ކޯޓުން މަސައްކަތް ކުރަމުން ގެންދަނީ ހައިކޯޓުން ޔާމީން މިނިވަން ވެއްޖެނަމަ އަނެއްކާވެސް ކްރިމިނަލް ކޯޓުން ޖަލު ހުކުމެއްކޮށް ޔާމީންގެ އިންތިހާބީ ހައްގު ގެއްލުވާލުމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް