ads
ރާއްޖެއައި ފަތުރުވެރިއާއަށް މިޔަރު ހަމަލާ ދީގެން ހޮސްޕިޓަލަށް ގެންދަނީ
ރާއްޖެއައި ފަތުރުވެރިއެއް ގައިގައި މިޔަރެއް ދަތްއަޅައިފި
މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގައިގައި މިޔަރެއް ދަތް އަޅައިފިގެން ފަރުވާ ދޭން ގެންގޮސްފިއެވެ.
Advertisement

މިޔަރު ހަަމަލާ ދީފައިވަނީ، ރާއްޖޭގައި ފީނަމުން ދިޔަ އަންހެން ފަތުރުވެރިއަކަށެވެ. އޭނާއަށް ފަރުވާ ދިނުމަށް ޕިކަޕަކަށް ލައިގެން ގޮންގޮސްފައިވާއިރު، އޭނާގެ ގައިގައި ގިނައަދަދަކަށް ލޭ ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. 

މިޔަރު ދަތް އަޅާފައިވަނީ އޭނާގެ އުނަގަނޑުގައެވެ. ވީޑިއޯ އިން ފެންނަގޮތުން މިޔަރު ދަތްއެޅި ތަނުގައި މިޔަރުގެ ދަތްތަކުގެ ސިފައަށް ވަނީ ފުންކޮށް ކަނޑާވަދެފައެވެ. 

މިޔަރު ދަތްއެޅީ ރާއްޖޭގެ ކޮން ސަރަހައްދަކުންކަން ނޭގުނު ނަމަވެސް، މިޔަރު ދަތްއެޅީ ރާއްޖެއައި އަންހެން ފަތުރުވެރިއެއްގެ ގައިގައިކަން ވަނީ ޔަގީންވެފައެވެ. 

"ރަބަރު ސޫޓުނުލާ ޑައިވިނަށް ދިއުން މަނާކުރަންވީ،" ކަމަށް މީހަކު މި މައްސަލައިގައި ބުނެފައިވެއެވެ. އަދި ބައެއް މީހުން ވަނީ މިޔަރު ދޭ ހަމަލާތައް އިތުރުވާއިރު، މިޔަރުގެ އާބާދީ އިތުރުވާތީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

މީގެ ކުރިންވެސް ރާއްޖެ އައި އަންހެން ފަތުރުވެރިއަކަށް މިޔަރެެއް ހަމަލާދިން ވީޑިއޯއް މުޅި ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. 


ވ، އަތޮޅުގައި ފީނަމުން ދިޔަ ފަތުރުވެރިއަކަށް މިއަރެއް ހަމަލާދޭ ވީޑިއޯ އެއް ބައިނަލްއަގުވީ ނޫސްތަކުގެ ސަމާލުކަން ހޯދައިފިއެވެ.

މި ވީޑިއޯއިން ފެންނަނީ ވ. އަތޮޅުގައި ފީނަމުން ދިޔަ ސެރްވެލޯ ކިޔާ އަންހެނަކަށް މިޔަރު ހަމަލާ ދިން މަންޒަރެވެ. 

އޭނާއަށް ހަމަލާ ދީފައިވަނީ ނިދަން މިޔަރެއް ކަމަށް ވެސް އެ އިންޑިޕެންޑެންޓުން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ. 

އަންހެން މީހާއަށް މިޔަރު ހަމަލާ ދިން އިރު އޭނާގެ ބަޑީ ޑައިވަރަކަށް ހުރީ އިބްރާހިމް ޝަފީގު ކިޔާ ދިވެއްސެކެވެ. 

"ހަމަލާގައި މާބޮޑު އަނިޔާއެއް ނުވޭ. ނަމަވެސް ނިދަން މިރަށް އެއްވެސް ބަޔަކު ކާން ދީ ނުހެދުން ވަރަށް މުހިންމު،" ޝަފީގު ނިޔޯކު ޕޯސްޓަށް މި ހާދިސާއާއި ގުޅޭގޮތުން ބުނެފައިވެއެވެ. 

މި ވީޑިއޯގެ ވާހަކަ ވަނީ "އިންޑިޕެންޑެންޓް" ފަދަ ނޫސްތަކުން ވެސް ކަވަރުކޮށްފައެވެ. 

މިޔަރު ދަތްއެޅުމުގެ ސަބަބުން ސީރިއަސް އަނިޔާއެއް ނުވި ނަމަވެސް، ހަ އިންޗި ފުންމިނަށް އޭނާގެ ބުރަކަށިން ތަންތަންގަނޑު ވަނީ ކަފައިގެން ގޮސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް