މިގޮތުން "ޖާބިރަކީ ވިޔަފާރީގައި އޭނާ ކުއްލި އެހީތެރިކަމަކަށް ބޭނުންވި ވަގުތު އެއްވެސް ސުވާލެއް ކުރެއްވުމެއްނެތި ބޮޑު އަދަދަކުން އެހީތެރިކަން ފޯރުކޮށްދެއްވި ދީލަތި ބޭފުޅެއް،" ކަމަށް ފިރާގު މިއަދު ވިދާޅުވެފައިވެއެވެ. .
މީގެ 12 އަހަރު ކުރިން ބަނގްލަދޭޝްގެ އެއަރލައިނެއްގެ ދަތުރު ރާއްޖެއަށް ފެށުމަށް އެޑްވާންސް ޕޭމަންޓަށްވާ ފައިސާ ދެއްވީ ޖާބިރުކަމަށް ފިރާ ފާހަގަކުރެއްވިއެވެ.
"އަދި އެކަން ޖާބިރު ކޮށްދެއްވާފައިވަނީ ބުނިބުނުމަށް ކަމަށާއި އެއްވެސް ސުވާލެއްނެތި" ކަމަށް ފިރާޤު މިއަދު ޖާބިރަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެއެވެ. ފިރާގު ވިދާޅުވެފައިވަނީ ޖާބިރު އޭނާގެ އަތުން ބަދަލުގައި އެއްވެސް އެއްޗެއް ވެސް ނުހޯދާ ކަމަށެވެ.
ފިރާގު މިހެން ވިދާޅުވެފައިވާއިރު ޖާބިރު މީގެ އަހަރެއްހާ ދުވަސް ކުރިން އެމްޑީޕީ ބައްލަވައިގެންފި ކަމަށް ވިދާޅުވެ މަޖިލީހުގެ އެންމެ ފަހުގެ ޖަލްސާގައި އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ފާޑުވިދާޅުވެފައެވެ.