ޒަބީހު ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް މިއުވާން ވިދާޅެއް ނުވެއެވެ.
ޒަބީހަކީ އެމްއާރުއެމްގެ ތެރެއިން ރައީސް ޞާލިހަށް ތާއީދު ކުރާ ފެކްޝަނަކާއި، ރައީސް ޞާލިހަށް ތާއީދު ނުކުރާ ފެކްޝަންގެ ތެރެއިން ރައީސް ޞާލިހަށް ތާއީދު ނުކުރާ ފެކްޝަނަށް ނިސްބަތްވާ ބޭފުޅެކެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް މިހާރު ކޯލިޝަނުގައި ތިބި ޖޭޕީ، އެމްއާރުއެމް އަދި އަދާލަތު ޕާޓީއަށް ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ޓިކެޓު ލިބުމާއެކު ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީއަށް އިޖާބަދީ ކޯލިޝަން ހަދަން ނިންމީ އަދާލަތުން އެކަންޏެވެ.
މިހާތަނަށް ޖޭޕީ އަދި އެމްއާރުއެމްގެ ސްލޮޓުތަކުގައި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކޮށްފައި ނުވި ނަމަވެސް ޒަބީހު ވަކިކުރަން ނިންމި ނިންމުމާއެކު އެކަން ބަދަލުވާނެކަމަށް ބެލެވެއެވެ.