ads
ކޯސްޓްގާޑުން އުޅަނދުތައް ޗެކްކުރަނީ
ޗުއްޓީއާއި ދިމާކޮށް އުޅަނދުތައް ޗެކް ކުރަން ފަށައިފި
ސްކޫލު ބަންދުވުމާއި ދަތުރުފަތުރު ކުރުން ގިނަވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކަނޑު އުޅަނދުތައް ޗެކް ކުރަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް ) އިން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިއީ ބަންދާ ދިމާކޮށް، ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފަށާފައިވާ ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ. 

އެގޮތުން ދަތުރުތަކަށް ނުކުތުމުގެ ކުރިން އުޅަނދުތަކުގައި ސަލާމަތީ ގޮތުން ފުރިހަމަވެފައި ހުންނަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަވެފައި ހުރިތޯ ކަށަވަރުކުރާނެއެވެ.

އަދި ގަވާއިދާ ހިލާފަށް ހުރި އުޅަނދުތަކަށް ފައްތައި، ރައްކާތެރިކަމާ އެކި ދަތުރުތައް ކުރަން ބާރު އަޅާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް