
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް 77،734 ފަތުރުވެރިން ވަނީ އައިސްފައެވެ. އެހެންނަމަވެސް މިއީ މިދިޔަ އަހަރު ޖޫން މަހުގެ މިހާތަނަށް ފަތުރުވެރިން އައި ވަރަށް ވުރެ ދަށް އަދަދެކެވެ.
2022 ވަނަ އަހަރުގެ ޖޫން މަހުގެ މިހާތަނަށް ވަނީ 78،173 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ ޤައުމުކަމަށްވާ އިންޑިއާއިން މިހާތަނަށް 241،369 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ދެ ވަނަގައި އޮތް ރަޝިޔާއިން މިއަހަރު 201،957 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ތިން ވަނައިގައި އޮތް ޔޫކޭ އިން ވަނީ 179،312 ފަތުރުވެރިން އައިސްފައިވެއެވެ.
އެގޮތުން މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް ރާއްޖެއަށް ކޮންމެ ދުވަހަކު ވެސް އެވްރެޖްގޮތެއްގައި 5،500 އެއްހާ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ނަމަވެސް މެއި މަހު އެ އަދަދު 3،900އަށް ވެއްޓިފައިވާއިރު، މިމަހު އެ އަދަދުވަނީ އެއަށް ވުރެ ވެސް ދަށަށް ދާން ފަށައިފައެވެ. އެގޮތުން މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް 3،702 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.