އޭނާ އެމްޑީޕީއަށް ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ސޯލްޓް ކެފޭގައިކަމަށް ޖާބިރު މިއަދު އިއުލާނުކުރެއްވިއެވެ.
އޭނާ އެމްޑީޕީއާ ގުޅުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ދައުވަތު ދެއްވާފައެވެ. ފައްޔާޒު ޖާބިރަށް އެ ދައުވަތު ދެއްވީ މަޖިލީހުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަރަށް ބޮޑަށް ޖާބިރަށް ފާޑުވިދާޅުވެފައިވަނިކޮށެވެ. އީވާ ވިދާޅުވެފައިވަނީ ޖާބިރު މިދިޔަ އަހަރު އެމްޑީޕީ ބައްލަވައިގަންނަވައިފިކަމަށެވެ. އަދި އެމްޑީޕީއަށް ޖެހޭނީ ޑީއާރުޕީއަށް ވެސް ޖެހުނު ހާލުކަމަށެވެ.
އީވާ މިގޮތަށް ޖާބިރުއަށް ފާޑުވިދާޅުވިއިރު ޖާބިރު ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހެޅި 55 މެންބަރުންގެ ލިސްޓުގައި ސޮއިކުރައްވާފައެވެ.
ޖާބިރު އެމްޑީޕީއަށް ސޮއިކުރައްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ރަސްމިއްޔާތަށް ޖާބިރު ވަަޑައިގަންނަވާއިރު ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެކަމަށް ބެލެވެއެވެ.
ޖާބިރަކީ މީގެކުރިން އުޅުއްވި ޕާޓީތައް: