ads
ފުވާދު ތައުފީގު މިރޭ ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި
އީސީގެ މެންބަރުން ސްކޫލު ކުދިން ގޮތަށް ބޮޑާ ހޭކުމަކީ ވަރަށް ދެރަކަމެއް: ފުވާދު ތައުފީގު
އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެންބަރުން "ސްކޫލު ކުދިންގޮތަށް ބޮޑާހޭކުމަކީ" ވަރަށް ދެރަކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ އިތުރު ކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ފުވާދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެންބަރުން ޖަލްސާތަކަށް ވަޑައިނުގެން "ބޮޑާ ހޭކުމަކީ" މުޅި އިލެކްޝަންސް ކޮމިޝަނުގެ ވަރަށް ބޮޑު ވެއްޓުމެއްކަމަށެވެ. 

"ޖަލްސާއެއް ބޭއްވުނަނަ ނުދެނުމަށް މަަސައްކަތް ކުރައްވާތީ ވަރަށް ދެރަވޭ. އަޅުގަނޑު ގޮވާލަން އެ މެންބަރުންނަށް އެއް މޭޒެއް ދޮށަށް ވަޑައިގަންނަވަން،" ފުވާދު ވިދާޅުވިއެވެ.

ފުވާދުވިދާވީ "ދަ ޑިމޮކްރޭޓްސް" ރެޖިސްޓްރީ ކުރުމަށް ބާއްވަންޖެހޭ ޖަލްސާއަށް ބައެއް މެންބަރުން ހުރަސްއެޅި އިރު، އެ ޕާޓީ ރެޖިސްޓާ ކުރުމަށް މަޖިލީހުގެ 13 މެންބަރުން ވެސް ވަޑައިގެންނެވިކަމަށެވެ. އެހެންކަމުން އެ މެންބަރުންގެ ފަހަތުގައި އެކަނި ވެސް 65 ހާސް ރައްޔިތުން ތިބޭނެކަމަށެވެ. 

"އަޅުގަނޑަށް މަޖުބޫރުވާނެ ދެއްތޯ އެހާ ގިނަ ބައެއް ތަމްސީލު ކުރާ ބަޔަކު ވަޑައިގަތީމާ އެމީހުންނާ ބައްދަލުކުރަން،" ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ، އެނާއަށް އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެންބަރުންގެ ފަރާތުން ހުރަސްއެޅުމުން ގިނަ ރައްތިތުންތަކެއްގެ ހައްގު ގެއްލޭކަމަށެވެ. ނަމަވެސް އޭނާ މިވަގުތު މަގާމުން އިސްތިއުފާ ދެއްވަން ނުވިސްނަވާކަމަށެވެ. 

"އަޅުގަނޑު އިސްތިއުފާ ދީފިއްޔާ ވަރަށް ދެރަގޮތްތަކެއް ދިމާވެދާނެ. އެހެން ނަމަވެސް އަޅުގަނޑު މި ގެންދަނީ މި މައްސަލައިގައި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކުރަމުން. ހައްލެއް ލިބޭނެކަމަށް މި އުންމީދު ކުރަނީ،" ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ އީސީގައި ފަސް މެންބަރުން ތިއްބެވާއިރު ކޮންމެ މީހެއްގެވެސް ހިޔާލު ތަފާތުވާނެކަމަށެވެ. ނަމަވެސް އެއީ ރައްތިތުންގެ ހައްގުތައް ހުއްޓުމަކަށް އަންނަންޖެހޭނެކަމެއް ނޫންކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް