ads
ބޯ ކަޅުކުރުން ހުއްދަވާނެ؛ ފަތުވާ މަޖލިސް
ބޯ ކަޅު ކުރުން ހުއްދަވާނެ؛ ފަތުވާ މަޖިލިސް
އިސްތަށީގައި ކަޅުކުލަ ޖައްސާ ބޯ ކަޅުކުރުމަކީ ހުއްދަ ކަމެއް ކަމަށް, ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.
Advertisement

ބޯ ކަޅުކުރުމަކީ ހަރާމް ކަމެއްކަމަށް ބައެއް ދީނީ އިލްމިވެރިން އަންނަނީ ބުނަމުންނެވެ. އެހެންނަ،ަވެސް ކަޅޫ ކުރުމުގެ ބަދަލުގައި ބޭނުން އެހެން ކޮންމެ ކުލައެއް ޖެއްސުންވެސް ހުއްދަކަމަށް އެ އިލްމުވެރިން ބުނަމުން އާދެއެވެ. 

ބޯ ކަޅުކުރުމުގެ މައްސަލާގައި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ހުކުމުގައި ބުނީ މި މައްސަލައިގައި މައިގަނޑު ދެރައުޔެއް ފާހަގަކުރެވޭކަމަށެވެ. އެއީ ހާރާމްކަމަށް ވިދާޅުވާ އިލްވެރިންގެ ރައުޔާއި ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔުކަމަށް ފަތުވާދޭ މަޖިލީހުން ބުނެއެވެ. 

އެ މަޖިލީހުން ބުނީ މި ދެރައުޔުވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށްކަމަށެވެ. މި މައްސަލަ ދިރާސާ ކުރައްވައި އިލްމުވެރިން ނެރުއްވައިފައިވާ ހުކުމްތައް ގުޅިފައިވަނީ އެބޭކަލުންގެ އިޖުތިހާދާކަމަަށް ފަތުވާ މަޖިލީހުން ބުނެއެވެ. 

" މިއީ އިޖުތިހާދީ މައްސަލައަކަށްވާތ،ީ އިސްވެ ދެންނެވުނު މައިގަނޑު ދެރައުޔަކީވެސް އިލްމުވެރިން ގަބޫލުކުރައްވައިފައިވާ ދެރައު. ނަމަވެސް ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަކަމަށް ފާހަގަ ކުރެވިފައިވާތީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށީގައި ކަޅުކުލަޖެއްސުން ހުއްދަކަމަށް." ފަތުވާ މަޖިލީހުން ނެރުނު ހުކުމުގައިވެއެވެ.

ރާއްޖޭގެ ފަތުވާ މަޖިލީސް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. އެއީ ޝައިހް ޑރ. މުހައްމަދު ރަޝީދު އިބްރާހީމާއި ޑރ. އްބްދުއްސައްތާރު އްބްދުއްރަޙްމާނާއި ޑރ. އަލީ ޒާހިރު ބިން ސައީދު ޤާސިމާއި އައްޝައިޚް އިލްޔާސް ހުސައިންގެ އިތުރުން ޑރ. މޫސާ އަންވަރު ހަސަންއެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް