ސިފައިން ހަތިޔާރާއެކު މަގުމަޢްޗަށް ނުކުންނަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ހަރަކާތްތަކަށްކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. މި ހަރަކާތް މިއަދުން ފެށިގެން މިމަހުގެ 27ގެ ނިޔަލަށް ކުރިޔަށްދާނެކަމަށްވެސް ޑިފެންސް މިނިސްޓްރީިން ބުނެއެވެ.
މި ހަރަކާތުގައި ސިފައިން ހަތިޔާރާއެކު ހަރަކާތެރިވުމަށް ހަމަޖެހިފައިވީނަމަވެސް ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުން ނުކުރާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
ފަހަކަށް އައިސް ދޭތެރެ ދޭތެރެއިން ސިފައިން ހަތިޔާރާއެކު މަގުމައްޗަށް އަންނަނީ ނުކުންނަމުންނެވެ.