ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ހާލަތެއް ރާއްޖޭގައި ނެތް ކަމަށް - ފޮޓޯ:މަޖިލިސް
ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ހާލަތެއް ރާއްޖެއަކު ނެތް - އަމީރު
ރާއްޖެ އޮތީ ދައުލަތުގެ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ހާލަތުގައި ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގުތިސޯދު ކުރިއަރަމުން ދާތީ ދަރަނި ނުދެއްކޭ ހާލަތަށް ރާއްޖެ ނުދާ ކަން ފާހަގަކުރައްވާ ފިނޭންސް މިނިސްޓަރު ވިދާޅުވީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު އެންމެ ކުރިއެރި ފަސް އިގުތިސޯދުގެ ތެރޭގައި ރާއްޖޭގެ އިގުތިސޯދު ހިމެނުނު ކަމަށެވެ. މި އަހަރު ނިމޭއިރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭތީ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ހާލަތެއް ރާއްޖޭގައި ނެތް ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވެފައިވަނީ ދަރަނި ރީސްޓްރަކްޗާ ކުރުން ވާނީ ރާއްޖޭން ހޯދަމުންދާ އިގުތިސޯދީ ކުރިއެރުން ހާސިލުކުރުމަށް ހުރަހަކަށް ކަމަށެވެ.

ރާއްޖޭން ދަރަނިތައް ދައްކަން ޖެހޭ މުއްދަތުގައި ދެއްކޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ އަމީރު ވިދާޅުވި ގޮތުގައި މާކެޓު ބަލައިގަންނަ ގޮތަކަށް ދަރަނި މެނޭޖު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމުގައެވެ.

ހިނގަމުން މިދާ އަހަރު ނިމޭއިރު ގައުމީ އުފެއްދުންތެރިކަން 100 ބިލިއަނުގައި ހުންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ އުމުރާނީ ތަރައްގީގެ ޕްރޮޖެކްޓުތައް ނިމުމުން އެ އަދަދު ދެ ގުނަ ވެގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް