ads
ރައީސް ނަޝީދު ކެނެރީގެ ސާފުކުރަނީ
ރައީސް ނަޝީދު އަލުން ކެނެރީގެއަށް ބަދަލުވެވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ އާއިލީ ގެކޮޅު ގ.ކެނެރީގެއަށް ބަދަލުވެވަޑައިގެންފިއެވެ.

ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވިފަހުން ދުވަސްކޮޅަކު އަނބިކަނބަލުން ލައިލާ އަލީގެ ގެކޮޅުކަމަށްވާ މ.ޔާގޫތުގޭގައި ދިރިއުޅުއްވުމަށްފަހު، ދިގު މުއްދަތެއް ދިރިއުޅުއްވީ ކެނެރީގޭގައެވެ. 

ނަޝީދުުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު އެއިރު އެ ޕާޓީއެއްގެ ރައީސްކަމުގައި ހުންނެވި އެމްޑީޕީން ހުށަހެޅުމާ ގުޅިގެން، މަޖިލީހުން ދިން 14 ދުވަހުގެ ނޯޓިސް ހަމަވުމުން މުރައިދޫގެއިން ނިކުމެވަޑައިގަންނަވާނެކަން މަޖިލީހުގެ އިދާރާއިން އިއުލާނުކުރިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އަމީން އާމަށް ނަޝީދުގެ އޮފީހުން ފޮނުވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ހުށައަޅާފައިވުމާއި އެކު އަދި އެ ނޯޓިސްގެ މުއްދަތު 26 ޖޫން 2023 އަށް ހަމަވާތީވެ ރައްޔިތުންގެ މަޖިލިސްގެ ރައީސް ހުންނަވާ ރަސްމީ ގެކޮޅު މ.މުރައިދޫ ގެއިން ގ.ބޭރުވެލި އަށް ބަދަލުވުމަށް ނިންމަވާފައިވާ ކަމަށެވެ.

އަދި އެކަމާއި ގުޅިގެން އަންގަވަންޖެހޭ ދައުލަތުގެ ހުރިހާ ފަރާތްތަކަށް އަންގަވައި ދެއްވުމަށްވެސް ނަޝީދުގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.

10%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް