ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގިނަ ސްކޫލުތަކެއް ދިރާސީ އައު އަހަރަށް ހުޅުވި، އެސްކޫލުތަކުގައި ކިޔަވައިދޭން ފެށޭނެކަމަށެވެ.
އަރަބިއްޔާ ސްކޫލަށް އިޝާރާތްކުރައްވައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތަށް ޚާއްސަ އިސްކަމެއް ދޭކަމަށެވެ.
ގިނަ ސްކޫލުތަކުގެ މަސައްކަތްތައް ކުރިއަށްދާއިރު، ޖަމާލުއްދީން ސްކޫލުގެ އަލަށް އިތުރުކުރެވޭ ބައިގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ޤާއިމްކުރެވޭ ސްކޫލްތަކުގެ ސަބަބުން އަތޮޅުތެރެއިން މާލެއަށް ބަދަލުވާ އާއިލާތަކުގެ ކުދިންނަށްވެސް މާލޭ ސަރަހައްދުގެ ސްކޫލުތަކުން ޖާގަ ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.