މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ, މިނިސްޓްރީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ އޮންލައިން ސިސްޓަމްތަކުގެ މެއިންޓަނަންސް މަސައްކަތެއް ކުރުމަށްޓަކައި، 24 ޖޫންއިން 01 ޖުލައިގެ ނިޔަލަށް، މިނިސްޓްރީގެ އޮންލައިން ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލެވޭނެ ކަމަށެވެ.
އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ އޮންލައިން ޕޭމަންޓް ޕޯޓަލް "ސަވާރީޕޭ" މެދުވެރިކޮށް އެއްގަމުގެ އުޅަނދުގެ ފީއާއި، ކަނޑުގައި ދުއްވާ އުޅަނދުގެ ފީއާއި، ޓްރެފިކް އަދި ޕާކިންގ ވަޔަލޭޝަން ޖޫރިމަނާ ދެއްކޭނެއެވެ.
މީގެއިތުރުން އޮންލައިންކޮށް އުޅަނދު ރަޖިސްޓްރީކުރުމުގެ ހިދުމަތްވެސް މިނިސްޓްރީން އަންނަނީ ދެމުންނެވެ.