ads
ރައީސް ޔާމީންގެ ކެމްޕޭން މެނޭޖަރު އަމީން (ވ) އަދި ޑެޕިއުޓީ ކެމްޕޭން މެނޭޖަރު (ކ) ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި އެކު.
ބަންދަށް ފަހު ރައީސް ޔާމީންގެ ކެމްޕެއިން ރަސްމީކޮށް ފަށަނީ
ޖަލުހުކުމެއްގައި އޮންނެވި އިދިކޮޅު ލީޑަރު، އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވައިފައިވާ ރައީީސް ޔާމީންގެ ކެމްޕެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަށާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ހާރު ޕީޕީއެމުން ބާއްވަމުންގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރު، ގައުމީ އެއާލައިން މޯލްޑިވިއަންގެ ކުރީގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރު މުހައްމަދު އަމީން ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެތް ނުކުރާ ކަމަށެވެ. “އަޅުގަނޑުމެން މި ތައްޔާރުވަނީ އެމަނިކުފާނުގެ ކެމްޕެއިން ފެށުމަށް” އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މިހާރު ރައީސް ޔާމީން ތަންފީޒު ކުރަމުންދާ ޖަލު ހުކުމުން ސަލާމަތްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެމަނިކުފާނު 2023 ވަނަ އަހަރު އިންތިހާބު ކާމިޔާބުކޮށް ހުވާވެސް ކުރައްވާނެ ކަމަށާއި އާންމު އުސޫލެއްގެ ގޮތުން ރައީސް ޔާމީން ގެންގުޅުއްވި އުސޫލުތަކާއި ކުރީ 5 އަހަރު ގެންނެވި ތަރައްގީއާއި ގުޅުން ހުރި ކަންތައްތައް މެނިފެސްޓޯގައި ހިމެނޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

“އެންމެ މުހިންމު ތިން ސެގްމެންޓުގެ ގޮތުގަ އަޅުގަނޑުމެންގެ މެނިފެސްޓޯގް ހިމެނޭނެ އަންހެނުންނާއި ޒުވާނުންނާއި މަސްވެރިންގެ ވާހަކަ ދެންނެވިން. 

އޭގެ ތެރޭގަ ހިމެނޭނެ ބައިތައް ފެނިގެންދާނީ މެނިފެސްޓޯ ލޯންޗު ކުރެވުނީމަ” އަމީން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް