ދަ ޑިމޮކްރޭޓްސް ގެ އިސްވެރިންނާއި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ގުޅިގެން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
އެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ސިލްސިލާ ބައްދަލުވުންތަކެއް އެ ކޯލިޝަނާއި ދަ ޑިމޮކްރޭޓްސް އާއި ދެމެދު ކުރިއަށް ދާނެކަމަށެވެ.
މި ބައްދަލުވުމުގައި ދަ ޑިމޮކްރޭޓްސްގެ ފަރާތުން ބައިވެރިވަޑައިގަތީ މެންބަރު އަލީ އާޒިމް އެވެ.
ޑިމޮކްރޭޓްސް އާއި ޕްރޮގްރެސިވް ކޯލިޝަން ބައްދަލުވުން ބޭއްވީ މިއަދު 11:00 ގައެވެ. ޕްރޮގްރެސިވް ކޯލިޝަނަކީ ޕީޕީއެމް އަދި ޕީއެންސީ އެކުވެގެން އުފައްދާފައިވާ ކޯލިޝަނެކެވެ.