ads
ހައްޖައް ފުރަންގޮސް ތިބި ބަޔަކާ ރައީސް ސާލިހު ބައްދަލުކުރައްވަނީ
ހައްޖާޖީންގެ ދުއާއާއެކު އެއްބުރުން އިންތިހާބު ކާމިޔާބުވާނެ: އިމްރާން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް ވަޑައިގަތުމަށް ހައްޖާޖީން ކުރާ ދުއާތަކާއެކު ރައީސް ސާލިހަށް ދެވަނަ ދައުރެއް ކާމިޔާބު ވާނެކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހާމަކުރައްވައިފިއެވެ.

މިކަން އިއުލާނު ކުރައްވައި، އިމްރާން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސާލިހު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. 

"އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނީ ހައްޖަށް ވަޑައިގެންވާ އަޅުގަނޑުމެންގެ ލޮބުވެރި އަހުންނާއި އުހުތުންގެ މަތިވެރި ދުއާ ތަކާ އެކުގަ،" - އިމްރާން އަބްދުﷲ-

އަދާލަތު ޕާޓީގެ ފަރާތުން ދުއާކުރުމަށް ހައްޖަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، އެ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި ބައެއް ސްޓޭޓު މިނިސްޓަރުން ފަދަ ބޭފުޅުންނާ، ޑރ. އިޔާޒް އަދި ޝެއިހް އިލިޔާސްގެ އިތުރުން، އިމްރާނުގެ ބޮޑީގާޑުންގެ ގޮތުގައި މަސައްކަތްކުރާ މީހުންގެ އަދި އަދާލަތު ޕާޓީގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. 

ރައީސް ސާލިހު މި އަހަރު ސެޕްޓެންބަރު މަހު އޮތް ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވެފައިވާއިރު، އިދިކޮޅު ފަސް ޕާޓީއަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރައީސް ސާލިހާއެކު ދެވަނަ ބުރެއްގައި ކޯލިޝަން ހެދުމުގެ ވިސްނުން ނެތްކަން ހާމަކޮށްފައެވެ. 

ރައީސް ސާލިހާއެކު ރިޔާސީ އިންތިހާބަށް ކޯލިޝަން މިހާތަނަށް ހަދާފައިވަނީ، އެމްޑީއެމް އަދި އަދާލަތު ޕާޓީންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް