ads
ބީސީއެމްގެ ޑިރެކްޓާ ފައިނޭންސް ސާޖިދާ އަބްދުލް އަޒީޒް،
އަމަލީ ދާއިރާއިތަކުން އަންހެނުން ލިބޭ ފުރުސަތު ކުޑަ: ބީސީއެމް
ގައުމީ ލެވެލްގައި ކުރެވޭ މަސައްކަތްތަކުގެ، އަމަލީ ދާއިރާތަކުން އަންހެނުން ލިބޭ ފުރުސަތު ކުޑަ ކަމަށް ބްރިޖަން ކޮމިއުނިޓީސް ދަ މޯލްޑިވްސް ބީސީއެމުން ބުނެފިއެވެ.

ސީއެންއެމްގެ "ވެށި" ޕްރޮގުރާމްގައި ވާހަކަ ދައްކަމުން ބީސީއެމްގެ ޑިރެކްޓާ ފައިނޭންސް ސާޖިދާ އަބްދުލް އަޒީޒް، އަދި ޑިރެކްޓާ އައިޝަތު ރީޝާ ވިދާޅުވީ އަންހެނަކަށް ވިޔަސް ފިރިހެނަކަށް ވިޔަސް ހަމަހަމަ ފުރުސަތު ތަކެއް އޮންނަން ވާނެ ކަމަށާއި، އަންހެނަކަށް ވީތީ އަމަލީ ދާއިރާއަށް ވަކި ޕަސެންޓެއް ނުދެވޭނެ ކަމަށެވެ.

އަދި ސިޔާސީ ދާއިރާއިން ގާނޫނަކުން ކަށަވަރުވެގެން ވަކި އަދަދަކަށް ގޮނޑި ދޭ ގޮތަށް ކަނޑައެޅިފައި ވުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވާހަކަ ދައްކަމުން ވިދާޅުވެފައިވަނީ އެޖަމިއްޔާގެ ފަރާތުން ބެލިބެލުން ފާހަގަވެގެން ގޮސްފައިވަނީ އަތޮޅުތެރޭގައި ވެސް އަންހެނުންގެ ހާލަތު ވަރަށް ދަށް ކަމަށެވެ. މިއީ މުޖުތަމައުންވެސް ލިބެންޖެހޭ ހަމަހަމަ ފުރުސަތުތަކެއް އަންހެނުންނަށް ނުލިބުމުން ދިމާވަމުންދާ ހާލަތެއް ކަމަށާއި، އެކަންތައް ހައްލު ކުރެވޭނީ އެންމެންގެވެސް އެއްބާރުލުމާއި އެކުގައި ކަމަށެވެ.

އެހެންކަމުން ވަޒީފާގެ މާހައުލަށް އަންހެނުން ފެއްތުމަށްޓަކާއި، އަމަލީގޮތުން ނުކުންނަ ދާއިރާ ތަކުގައި އަންހެނަކަށް ވިޔަސް ފިރިހެންކަށް ވިޔަސް ދޭން ޖެހޭ ހަމަހަމަ ފުރުސަތުތައް ދިނުމަށް ބީސީއެމުން ވަނީ ގޮވާލާފައެވެ.

ލޯކަލް ކައުންސިލްތަކުގެ ގޮނޑިތަކުން ވަކި ނިސްބަތެއް އަންހެނުންނަށް ހާއްސަކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ ވަރަށް ގިނަބަޔަކު އޭރު ވަނީ ފާޑު ކިޔާފައެވެ. އަދި އަންހެނުންނަށް ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ހާއްސަ ކުރަން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން ހައި ކޯޓަށްވެސް ހުށަހެޅިއެވެ.

ބީސީއެމުން ފާހަގަކުރެއްވީ ސިޔާސީ ދާއިރާއާއި، އިޖްތިމާއީ ދާއިރާއިން ފެށިގެން ހުރިހާ ދާއިރާ އަކުންވެސް އަންހެނުންނަށް ލިބެން ޖެހޭ ހަމަހަމަ ފުރުސަތު ތަކުން ވަކި ޖިންސަކަށްވީތީ ބާކީ ނުކުރެވޭނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް