ads
ހައްޖުވެރިން އަރަފާތުގައި
ދެ މިލިއަނަށް ވުރެ ގިނަ ހައްޖާޖީން އަރަފާތުގައި
މިއަދަކީ މިއަހަރުގެ މާތްވެގެންވާ ހައްޖު ދުވަހެވެ. އިސްލާމީ ކަލަންޑަރުގެ އަހަރުގެ އެންމެ ފަހު މަސްކަމަށްވާ ޖުލްހިއްޖާ މަހުގެ 9 ވަނަ ދުވަހަކީ މުސްލިމުންގެ މުގައްދަސް އެއް އަޅުކަން "ހައްޖު" ވުމަށް ކޮންމެ އަހަރަކުވެސް ދުނިޔޭގެ ކަންކޮޅިތަކުން އެތައް މުސްލިމުންނެއް އަރަފާތުބިމަށް ޖަމާވާ ދުވަހެވެ.

އެހެން ކަމުން ހައްޖު ދުވަހަށް "އަރަފާތު" ދުވަސް ވެސް ކިޔައެވެ. މިއަހަރަކީ 2020 ވަނަ އަހަރު ފެށިގެން އެންމެ ގިނަ މީހުން ހައްޖަށް ޖަމާވާ އަހަރެވެ.

2019 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމަށް ފަހު، 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވަނީ މަދު ބަޔަކާއި އެކުގައެވެ. 

އަދި އޭގެ ފަހުން 2021، 2022 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ކޯޓާ ދިނީ ކޮންޓްރޯލްކޮށް ކޮވިޑްގެ ކުރިއަށް ވުރެ މަދުންނެވެ.

your imageހައްޖުވެރިން އަރަފާތަށް ދަތުރު ކުރަނީ

ނަމަވެސް އެހާލަތު ނިމި މިއަދު މުސްލިމުން ހައްޖުގެ އަޅުކަން އަދާކުރާއިރު، މިހާރު ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން ވަނީ އަރަފާތު ބިމަށް ޖަމާވެފައެވެ. އެއީ ސައުދީ ރައްޔިތުންގެ ތެރެއިން ދެ ލައްކަ މީހުންނާއި ދުނިޔޭގެ އެހެން ހިސާބުތަކުން ހައްޖުގެ އަޅުކަމަށް މައްކާއަށް ޖަމާވި 1.8 މިލިއަނަށް ވުރެ ގިނަ މީހުންނާއި އެކުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް