އެމްބީއެސްއިން ނެރުނު ކޮންސިއުމާ ޕްރައިސް އިންޑެސްޓް (ސީޕީއައި) އިން ދައްކާ ގޮތުން ނިމިދިޔަ މަހު ތަކެއްޗާއި ހިދުމަތުގެ އަގުތަކުން 0.40 އިންސައްތަ ވަނީ ދަށްވެފައެވެ. މިދިޔަ މަހު އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ ކަރަންޓު ބިލުންނެވެ.
މެއި މަހު އަގު ދަށްވި ދާއިރާތައް:
މިދިޔަ މަހު ކަރަންޓު ބިލުގެ އަގުތައް ދަށްވިއިރު މިއީ އެޕްރީލު މަހު އެންމެ ބޮޑަށް އަގު އުފުލުނު އެއް ދާއިރާއެވެ. އެމްބީއެސްއިން ބުނެފައިވަނީ އެޕްރީލް މަހު ކަރަންޓު ބިލްތަކުން 6.21 އިންސައްތައިގެ އުފުލުމެއް ފާހަގަ ކުރެވުނު ކަމަށެވެ.
މެއި މަހު އެންމެ ބޮޑަށް އަގު އުފުލުނު މަހުގެ ބާވަތްތަކުން 0.91 އިންސައްތަ އުފުލިފައިވެއެވެ. ހައުސް ހޯލްޑް އައިޓަމް 2.65 އިންސައްތަ އުފުލިފައިވާއިރު ވައިގެ ދަތުރުފަތުރުގެ އަގުތަކުން 1.90 އިންސައްތަ ވަނީ މައްޗަށް ގޮސްފައެވެ.
އޭގެ އިތުރުން މޮބައިލް ޓެލެފޯން އިކްއިޕްމަންޓުގެ ބައިން 0.96 އިންސައްތަ އުފުލިފައިވެއެވެ. ކިރު އަދި ކުކުޅު ބިހުގެ އަގުތައް 0.29 އިންސައްތައަށް ވަނީ އުފުލިފައެވެ.