މިއަދުގެ އީދު ނަމާދަށްފަހުގައި ރައީސް ވަނީ، އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވި އާންމުންނާ އީދުގެ ސަލާމް ކުރައްވައި އީދު ތަހްނިޔާ ބަދަލުކުރައްވާފައެވެ.
އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް މާތްވެގެންވާ މައްކާއަށް ގޮސްތިބި ހައްޖުވެރިންނާ، ދިވެހި ލޮބުވެތިރައްޔިތުންނަށާ، އިސްލާމީ އުއްމަތުގެ އެންމެހައި މުސްލިމުންނަށް މި އީދުގެ ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައެވެ.