ads
ރޭ އެކްސިޑެންޓްވި މީހާ ހޮސްޕިޓަލަށް ގެންދަނީ
ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އައިސީޔޫގައި
ރޭ ފަތިހު މަޖީދީމަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުން އެބަ ގެންދެއެވެ.

ފުލުހުން ބުނީ ރޭ މަޖީދީމަގު ރެޑްވޭވް ކައިރިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓް ވުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ގެންދާ ކަމަށެވެ. ރޭގެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އޭނާއަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ގެންދާއިރު އަދިވެސް ހޭނާރާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަމާއި ގުޅިގެން ހޮސްޕިޓަލުގެ ބަހެއް ނުލިބެއެވެ.

އެކްސިޑެންޓްވީ 22 އަހަރުގެ ދިވެހި ފިރިހެކަނު ދުއްވި ސައިކަލަކުން ޖެހިއެވެ. އޭނާގެ އަތުގައި ލައިސަންސެއް ނެތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޑްވީ 50 އަހަރުގެ މީހާ ފަތިސް ނަމާދުން ފައިބައިގެން ދަނިކޮށެވެ.

އާއްމު ވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓްވި ގަޑީގައި ސައިކަލު ތަކެއްގައި އިތުރު ޒުވާނުން ތަކެއްވެސް އެސަރަހައްދުގައި އުޅެއެވެ. އަދި އޭގެ އެއް ސައިކަލަށް ތިން މީހުން އަރައިގެންދާ މަންޒަރުވެސް ފެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް