
މަޑޯނާގެ މެނޭޖަރު ގައި އޮސެރީ އިންސްޓަގްރާމްގައި އިއުލާން ކުރި ގޮތުގައި ލަވަކިޔުންތެރިޔާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ ޖޫން 24 ވީ ހޮނިހިރު ދުވަހު "ސީރިއަސް ބެކްޓީރިއަލް އިންފެކްޝަނެއް" ޖެހިގެންނެވެ.
އޭނާ ބުނީ އައިސީޔޫގައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި ނަމަވެސް ސިއްހަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ފުރިހަމައަށް ސިއްހަތު ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އޮސެރީގެ މި އިއުލާނަށް މަޑޯނާގެ މަޝްހޫރު ރަހުމަތްތެރިންގެ މާޔޫސްކަން ބޮޑުވެގެން ދިޔައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ސޯޝަލް މީޑިއާއަށް ނުކުމެ ދުއާ އާއި ހެޔޮއެދުންތައް ފޮނުވިއެވެ.
މެޑޯނާ
ސަޕޯޓްގެ މެސެޖުތައް ފޮނުވި ބައެއް މަޝްހޫރު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:
ބްރިޓްނީ ސްޕީއާރސް: "ރަހުމަތްތެރިއާއަށް ލޯތްބާއި ހެޔޮ އެނާޖީ ފޮނުވަން."
ކެޓީ ޕެރީ: "ޕްރޭއިންގް ފޯ ޔޫ، ކުއީން."
ކްރިސްޓީނާ އަގުއިލެރާ: "އަހަރެންގެ ހުރިހާ ލޯތްބާއި ބާރެއް ފޮނުވަން"
މައިލީ ސައިރަސް: "އަވަސް ޝިފާއަކަށް އެދެން. މެޑް!"
ޗޭ: "ތިބާއަށް ހެޔޮ ދުއާ ކަރަން އަދި އަހަރެންގެ ހަނދާނުގައި އަބަދުވެސް ހުންނާނެ،"
ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާ ބެހޭ ގޮތުން މެޑޯނާ އަދި އެއްޗެއް ނުބުނެ އެވެ.