ads
ކުރީ ލޭންޑިން ގިއަރު ނެތި ޖެއްސި ބޯޓު
ކުރިމަތީ ފުރޮޅު ނެތް މަތިންދާ ބޯޓެއް އެމަޖަންސީގައި ޝާލޮޓް ޑަގްލަސް އަށް ޖައްސައިފި
އެމެރިކާގެ ނޯތު ކެރޮލައިނާގެ "ޝާލޮޓް ޑަގްލަސް އިންޓަނޭޝަނަލް އެއާޕޯޓަށް" ކުރީ ފުރުޅޮ ނެތި މަތިންދާ ބޯޓެއް އެމަޖެންސީގައި ޖައްސައިފިއެވެ.

ކުރީ ފުރޮޅު ނުވަތަ ކުރިމަތީ ލޭންޑިން ގިއާ ނެތި ޖައްސާފައިވަނީ ޑެލްޓާ ބޯޓެކެވެ. ބޮއިން 717 ނަމަކަށް ކިޔާ މި ބޯޓުގައި 96 ފަސިންޖަރުންނާއި ދެ ފަޅުވެރިން ތިއްބެވެ. 

ކުރިމަތީ ލޭންޑިން ގިއާ މަސައްކަތް ނުކުރާ ކަމުގެ ނޮޓިފިކޭޝަނެއް ޕައިލެޓުންނަށް ލިބުމުން، އެމީހުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ޖެއްސުމުގެ ކުރިން އިއުލާންކޮށްފައެވެ.

އެމީހުން ބޯޓު ޖައްސާފައިވަނީ އޭގެ ފަހަތު ލޭންޑިން ގިއާ އާއި ފްލައިޑުގެ ބަނޑު ޖައްސައިގެންނެވެ.  އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. 

އަދި ކުރިމަތީ ލޭންޑިން ގިއާ ނެތި ބޯޓެއް ސަލާމަތުން ޖެއްސި މިއީ ފުރަތަމަ ފަހަރު ނޫނެވެ. 2018 ވަނަ އަހަރު "ސައުތުވެސްޓް" އެއާލައިންސްގެ މަތިންދާބޯޓެއް ފްލޮރިޑާގެ އޮރލަންޑޯއަށް ސަލާމަތުން ޖައްސާފައި ވަނީ އޭގެ ކުރިމަތީ ލޭންޑިން ގިއާ ނެތި އެވެ. އަދި 2019 ވަނަ އަހަރު ޔުނައިޓެޑް އެއާލައިންސްގެ މަތިންދާބޯޓެއް "އިލިނޮއިސްގެ ޝިކާގޯ" އަށް ސަލާމަތުން ޖައްސާފައި ވަނީ އޭގެ ކުރިމަތީ ލޭންޑިން ގިއާ ނެތިއެވެ.

މި ހާދިސާތަކަކީ މަދުން ދިމާވާ ހާދިސާތަކެއް ނަމަވެސް، ދޭތެރެ ދޭތެރެއިން މިކަންކަން ހިނގައެވެ. މި ހާލަތްތަކުގައި ޕައިލެޓުންނަށް ތަމްރީނު ލިބިފައިވާއިރު، އާންމުކޮށް އެމީހުންނަށް ރައްކާތެރިކަމާއެކު ބޯޓު ޖައްސާލެވޭނެއެވެ. ނަމަވެސް ކުރިމަތީ ލޭންޑިން ގިއާ ނެތި ބޯޓެއް ޖައްސާއިރު އަބަދުވެސް އެއީ ނުރައްކާތެރިކަމެކެވެ. އަނިޔާ ލިބުން އަދި މަރުވުމުގެ ފުރުސަތު ވެސް އޮންނަ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް