ads
ހަދިޔާއަކަށް ބޮން ދެނީ
ބެލަރޫސްގެ ރައީސްއަށް ހަދިޔާއަކަށް ނިއުކުލިއާ ބޮމެއް ދީފި
ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކާޝެންކޯއަށް އޭނާގެ ޑިފެންސް މިނިސްޓަރު ވިކްޓާ ކްރެނިން މިނީ ނިއުކްލިއާ ބޮމެއް ހަދިޔާކޮށްފިއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުގައި މި ބޮމަކީ ތަމްރީނު ތަކުގައި ބޭނުންކުރާ އާލާތެކެވެ. 

މި އަމަލުގެ ސަބަބުން ބެލަރޫސް އިން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ކުރާމަސައްކަތާމެދު ބައެއް ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

ލުކާޝެންކޯ އަކީ ގިނަ ދުވަސްތަކެއް ވަންދެން ނޭޓޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ބޭފުޅެކެވެ. ނޭޓޯ އިރުމައްޗަށް ފުޅާވަމުންދާނަމަ ބެލަރޫސްއަށް ނިއުކްލިއާ ހަތިޔާރު އުފައްދާނެކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ. އޭނާއަކީ ރަޝިޔާގެ ރައީސް ވްލެޑްމިއާ ޕޫޓިންއާއި ގާތް ގުޅުމެއް އޮަންނަ ބޭފުޅެކެވެ. 

މި ހަދިޔާއަކީ ލުކާޝެންކޯ ނޭޓޯއަށް އޭނާގެ އިންޒާރުތަކާ މެދު ސީރިއަސް ކަމަށް ދެއްކުމަށް ކުރި ކަމަކަށްވެސް ވެދާނެއެވެ. 

ބޮމުގެ ހަދިޔާއަށް ބެލަރޫސްގެ އެތެރެއިން ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގައުމުގެ އިގްތިސާދީ މައްސަލަތަކުން ސަމާލުކަން ނަގާލަން ލުކާޝެންކޯ މަސައްކަތް ކުރާ ކަމަށް ބައެއް މީހުން ވަނީ ތުހުމަތުކޮށްފައެވެ. އަނެއް ބަޔަކު ބުނެފައިވަނީ އެ ހަދިޔާއަކީ ނިއުކްލިއާ ހަނގުރާމައަކަށް މަގުފަހިވެދާނެ ނުރައްކާތެރި ސިގުނަލެއްކަމަށެވެ.

ނިއުކްލިއާ ބޮމާއި އެކު ލުކާޝެންކޯގެ ނިޔަތަކީ ކޮބައިކަން ސާފެއް ނުވެއެވެ. ނަމަވެސް މި ހަދިޔާގެ ސަބަބުން ސަރަޙައްދުގައި ހަމަނުޖެހުން އިތުރުވެ، ނިއުކްލިއާ ހަތިޔާރުގެ ނުރައްކާ އިތުރުވެފައިވާކަން ޔަގީންވެއެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް