ads
އަޝްފާގު އަދި ޗެތްރީ
ދަގަނޑޭގެ ގޯލް ރެކޯޑާ މެދު ނުވިސްނަން
ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރާއްޖޭގެ އަލީ އަޝްފާގު ހަދާފައިވާ ރެކޯޑާ ހަމަކުރެވުނަސް އެކަމާމެދު މާ ބޮޑަށް ނުވިސްނާ ކަމަށް އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ގޮތުގައި ރާއްޖޭގެ އެއްމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު ހަދާފައިވާ ރެކޯޑާ، އިންޑީޔާގެ ކެޕްޓަން ސުނިލް ޗެތްރީވަނީ އެއްވަރުކޮށްފައެވެ. އެއީ 23 ލަނޑެވެ. 

ސާފް ޗެމްޕިއަންޝިޕުގައި އަންގާރަ ދުވަހުގެ ރޭ ކުވައިތު ކޮޅަށް ޖެހި މޮޅު ލަނޑާއެކު ސުނިލް ޗެތްރީވަނީ ސާފް ޗެމްޕިއަންޝިޕުގައި ޖެހި ލަނޑުގެ އަދަދު 23 އަށް އަރުވައި ދަގަނޑޭގެ ރެކޯޑާ ހަމަކޮށްފައެވެ. ދަގަނޑޭވެސް ސާފް ޗެމްޕިއަންޝިޕުގައި ޖަހާފައިވަނީ 23 ލަނޑެވެ.  

އެ މެޗަށް ފަހު ވާހަކަ ދައްކަމުން ޗެތްރީ ބުނީ އޭނާ އެފަދަ ރެކޯޑްތަކާ މެދު ނުވިސްނާ ކަމަށެވެ. 

ކުވައިތު ކޮޅަށް ޖެހި ލަނޑާއެކު ދަގަނޑޭގެ ރެކޯޑާ ޗެތްރީ އެއްވަރުކޮށްފައިވާއިރު މި މުބާރާތުގައި އެކަނި މިހާތަނަށް ޗެތްރީ ފަސް ލަނޑު ޖެހީއެވެ. އެންމެ ފަހުން މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕުގައިވެސް ޗެތްރީ ފަސް ލަނޑު ޖެހިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނު ކޮޅަށް ޗެތްރީ ހެޓްރިކެއް ހެދިއެވެ. އަދި ޖެހިގެން އައި މެޗުގައި ނޭޕާލް ކޮޅަށްވެސް ޗެތްރީ ލަނޑު ޖެހުމަށް ފަހު ކުވައިތު ކޮޅަށް ޖެހި ލަނޑާއެކު ކޮންމެ މެޗެއްގައި ޗެތްރީ ލަނޑު ޖެހީއެވެ. ޗެތްރީގެ ލަނޑު ޖެހުމުގެ ފޯމަށް ބަލާއިރު ސެމީ ފައިނަލް މެޗުވެސް އަދި އޮތުމާއެކު ދަގަނޑޭގެ ރެކޯޑް މުގުރާލުމަކީ އެކަށީގެންވާ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް