ads
ރައީސް ސާލިހު، ޅ. ހިންނަވަރަށް ވަޑައިގަތުން - ފޮޓޯ: އެމްޑީޕީ
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ހިންނަވަރަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު، އެމަނިކުފާނުގެ އުފަންރަށް ޅ. ހިންނަވަރަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ހިންނަވަރަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނު ހިންނަވަރަށް ވަޑައިގަތުމުން، ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެގޮތުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށާއި ސަލާމްކުރެއްވުމަށް ރަށުގެ ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާއެވެ. މިއީ ބޮޑު އީދުގެ އުފަލުގައި ހިންނަވަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

މިއަހަރުގެ ބޮޑު އީދު ފާހަގަ ކުރުމަށް ރައީސް ސޯލިހު އެންމެ ފުރަތަމަ ވަޑައިގެންނެވީ އއ.ތޮއްޑޫ އަށެވެ. ތޮއްޑޫގައި މިފަހަރުގެ އީދުގައި ސަގާފީ ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް