ads
މިއަދު މެންދުރު ފުލުހުން އެގެއަށް ވަންނަނީ: ފޮޓޯ ސީއެންއެމް
ހަބަރު ހުސްވެފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަމީހާ މަރުވެއްޖެ
ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަމީހާ މަރުވެއްޖެ

ގެއެއްގެ ތެރޭގައި ހަބަރު ހުސްވެގެން ވެއްޓިފައި އޮތް މީހަކު ފެނުފައިވަނީ މިއަދު 13:30 ހާއިރު އެވެ.

އެމީހާ ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެއީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އެމީހާ މަރުވީ އެޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް ފުލުހުން ވަނީ ބުނެ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުން ހ. ހާލަޅަމާގެއަށް ފުލުހުން ވަދެފައިވަނީ ގޭގެ ދޮރުގެ ތަޅު ކޮޅުފައިން ޖަހާ ފަޅާލައިގެން މިއަދު މެންދުރު 13:20 ހާއިރުކަމަށެވެ. 

އެގޭތެރޭގައި ވެއްޓިފައި އޮތް މީހާގެ އަނގައިން ފޮނުތަކެއް އަރާފައިވާއިރު، އޭނާ އޮތީ އެއްކޮށް ހަރުއަރާފައެވެ.

"ބައެއް މީހުން ބުނީ ކަރަންޓު ޖެހުނީކަމަށް. ފުލުހުން ބުނި އޯވަޑޯޒްވީ ކަމަށް ވެސް ވެދާނެ،" މަންޒަރު ދުށްމީހަކު މިއަދު ބުންޏެވެ.

މަންޒަރު ދުއް ބައެއް މީހުންނާ ހަވާލާދީ ސީއެންއެމްއަށް މައުލޫމާތު ދިން މީހާ ބުނުގޮތުގައި ހަބަރު ހުސްވެގެން ވެއްޓިފައި އޮތީ ހ. ހަންޑްރެޑް ފްލާވާ ހުސެން ރަޒީން (ރަބަރޭ) ގެ ބޭބެއެއް ކަމަަށެވެ. 

އޭނާ ފުލުހުންގެ ވެހިކަލަކަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު 13:30 ހާއިރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް