ރާއްޖޭގެ ހަތަރު ރަށެއްގައި، ފީސިބިލިޓީ ސްޓަޑީގެ ސައިޓް އިންވެސްޓިގޭޝަނަށް ފެއްޓުމަށް ވަނީ ޗައިނާގެ އެކްސްޕާޓް ގްރޫޕަކުން ރާއްޖެއަށް ވަޑައިގެންފައެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލިޒިން ވިދާޅުވީ އުއްމީދަކީ، މުހިންމު މަޝްރޫޢުތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް ދެފަރާތުން ވެސް ވަރަށް ގާތުން މަސައްކަތް ކުރެއްވުން ކަމަށެވެ.
އަދި ރާއްޖެ އާއި ޗައިނާ އިން ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ފުރިހަމަ ކަމާއިއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅު ވެފައިވެއެވެ.
އެ އެއްބަސްވުންތަކުގެ ދަށުން ފީސިބިލިޓީ ސްޓަޑީސް ހަދަން ނިންމާފައިވަނީ ދ.ކުޑަހުވަދޫ އާއި، ހއ.ދިއްދޫގެ އިތުރުން ގއ.ވިލިނގިލި އަދި ރ.އަލިފުށީގެ ހޮސްޕިޓަލްތަކުގައެވެ.