ads
މިނިސްޓަރު ޔުމްނާ
އީދު ކުޅިވަރުގައި ހެދުން އެޅުމުގެ މިންގަޑެއް އޮންނަން ޖެހޭ:ޔުމްނާ މައުމޫން
އީދު ކުޅިވަރުގައި ހެދުން އެޅުމުގެ މިންގަޑެއް އޮންނަން ޖެހޭ ކަަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ ވިދާޅުވީ ޢީދަކީ ރަށުގެ ކުދިބޮޑު އެންމެން އެއްވެ އުފާފާޅުކޮށް ސަގާފީ ކުޅިވަރާއި ޒަމާނީ ކުޅިވަރުގެ ތެރެއިން އިޖުތިމާޢީ ރޫޙު އާލާ ކުރާ ދުވަސްވަރެއް ކަމަށެވެ.

ނަމަވެސް ޢީދު ކުޅިވަރުގައި ވެސް،  އެހެނިހެން ކުޅިވަރުތަކުގައިވެސް ހެދުން  އެޅުމުގެ ކޮންމެސް ކަހަލަ މިންގަނޑުތަކެެއް  ހުންނަންޖެހޭ ކަމަށް ޔުމްނާ ވަނީ ވިދާޅުވެފައި ވެއެވެ. ޔުމްނާ މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. 

އެޓްވީޓްގަ އިތުރަށް ޔުމްނާ ވަނީ މިއުޒިކް ޝޯއެެއްގެ ތެރެއިން އަންހެން ކުދިންތަކެއްގެ އައުރަ ކަޝްފު ވެފައިވާ މަންޒަރު ފެންނަ ވީޑިއޯ އެއްވެސް ހާމަ ކޮށްފައެވެ.

އެ ވީޑިއޯގައި އަންހެން ކުދިންތަކެއް ސްޓޭޖް މަތީގައި، މިޒިކާއެކު ލަވަޔަކަށް ނަށާ މަންޒަރު ފެނިގެންދެއެވެ. އަދި ނިވާކަން ކުޑަ ހެދުމުގައި ފެންނަ އިރު، ބުރުގާވެސް ވަނީ ބޭނުން ކޮށްފައެވެ. ބެލެވޭ ގޮތުގައި ސްޓޭޖް އެ ހަރަކާތުގައި ނެށި ކުދިން ބޭނުން ކޮށްފައިވަނީ ގައިގެ ހަމާއި އެއްކުލައިގެ ފޮތިން ބޭނުން ކޮށްފައިވާ ހެދުމެކެވެ. 

އެ މިއުޒިކް ޝޯ ބަލަން ގޮސް ތިއްބެވި މިހުންގެ ތެެއިން "ތި ބުރުގާ"ވެސް ނަގާލުމަށް ހުވަދޫ ބަހުން ބުނާ އަޑުވެސް އިވެއެވެ. އެ ޝޯ އަކީ ގއ. ވިލިގިލީ ގައި އީދު ހަރަކާތް ކުރިއަށް ގެންދިއުމަށް ބޭއްވި ޝޯ އެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް