ads
ކްރިމިނަލް ކޯޓު ސަރަހައްދުގައި ފުލުހުން ކުރީ ދުވަހެއްގައި
ފޭރުމުގެ މައްސަލައެއްގައި އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި
ފޭރުމުގެ މައްސަލައެއްގައި މާލޭން އަނެއްކާވެސް މީހަކު ހައްޔަރުކޮށްފިއެވެ.

ފޭރުމުގެ މައްސަލައެއްގައި މާލޭން އަނެއްކާވެސް މީހަކު ހައްޔަރުކޮށްފައިވާއިރު، އީދު ދުވަހުވެސް ފޭރުމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވެއެވެ.

ފޭރުުމުގެ މައްސަލައެއްގައި މި ފަހަރު ހައްޔަރުކުރި މީހަކީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު މުއްދަތު ޖަހާފައިވެއެވެ. ކްރިމިނަލް ކޯޓުގެ ރެކޯޑްތަކުން އެނގޭ ގޮތުގައި މި މީހާއަކީ މީގެ ކުރިން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައިވެސް އެތައް ފަހަރަކު ބަންދު މުއްދަތު ޖަހާފައިވާ މީހެކެވެ. 

ފޭރުމުގެ މައްސަލައިގައި ހައްޔަރު ކުރި 30 އަހަރުގެ މި މީހާއާއެކު އިތުރު މީހަކުވެސް ހައްޔަރު ކުރިއެވެ. އެހެންނަމަވެސް މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ނިންމައި ކޯޓުން އެ މީހާ ދޫކޮށްލީއެވެ. އެއީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

ފޭރުމުގެ މައްސަލައެއްގައި އީދު ދުވަހު ހައްޔަރު ކުރީ 40 އަހަރުން މަތީގެ މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް