ads
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ބައެއް މީހުން
ދިވެހި ހައްޖާޖީއެއް މައްކާގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ
ދިވެހި ހައްޖާޖީއެއް މައްކާގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ރޭ ހާމަކޮށްފިއެވެ.

ރޭ މެންދަމު 2:31 ގައި އިސްލާމިކް މިނިސްޓްރީން ބުނީ ނިޔާވީ އުމުރުން 72 އަހަރުގެ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަންކަމަށެވެ. 

އޭނާއަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިޔަ މީހެކެވެ. މިއީ މި އަހަރު ހައްޖުގެ މާތް އަޅުކަން އަދާކުރަމުން ގޮސް ހުއްޓައި ނިޔާވި ދެވަނަ މީހާއެވެ. 

މީގެ ކުރިން މަރުވެފައިވަނީ ދިވެހި ފިރިހެނެކެވެ. އޭނާ ގެއްލިގެން ހޯދަމުން އަންނަނިކޮށް ފެނުނީ ފަރުބަދައެއް ކައިރީގައި ނިޔާވެފައި އޮއްވައެވެ. ފަރުބަދަ ކައިރީގައި ނިޔާވެފައި އޮއްވާ ފެނުނީ، އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހަވާލުގައި މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ހައްޖުވެރިޔަކު ކަމުގައިވާ ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ އެވެ. އޭނާގެ އުމުރަކީ ވެސް 72 އަހަރެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް