ads
ރ. މާކުރަތު މުހައްމަދު ނަސީމް އަލީ/ ހައްޖުގެ އަޅުކަމުގައި މަރުވުމުގެ ކުރިން
އަދި އަންނާނެ ކަމަށް ބުނެ ނަސީމް ފުރީ ހައްޖުގެ އަޅުކަމަށް، ލިބުނީ މަރުގެ ހަބަރު!
ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާގެ ބިމަށް ގޮސް ހުއްޓާ މަރުވެފައިވާ މުހައްމަދު ނަސީމް އަލީގެ މަރުގެ ހަބަރުން މާކުރަތަށް ވަނީ މޮޅިވަރިކަމެއް ލިބިފައެވެ. ވަކިން ބޮޑަށް ނަސީމްގެ އާއިލާ އަށެވެ. ރ. މާކުރަތުގައި ހުރި ނަސީމްގެ ދޮށީ އަނބި އަމީނާ ހުރީ، އޭނާގެ ފިރިމީހާ އަނބުރާ އަންނާނެ ކަމުގެ އުއްމީދުގައެވެ.
Advertisement

ނަމަވެސް އަމީނާ އަށް ލިބުނީ ގަބޫލު ކުރަން ދަތި ހިތްދަތި ހަބަރެއް ކަަމަށް އަމިނާ ބުންޏެވެ. 

"އަދި އަންނާނެ ކަމަށް ބުނެ ނަސީމް ފުރީ ހައްޖުގެ އަޅުކަމަށް. ލިބުނީ ނަސީމްގެ މަރުގެ ހަބަރު" އަމީނާ

ނަސީމް ހައްޖުގެ އަޅުކަން އަދާކުރުމަށް ހަނގު އަބިމީހާ ގޮވައިގެން ގޮސް ހުއްޓާ ނިޔާވެފައިވަނީ ގެއްލިގެން ހޯދާތާ ހަތަރު ދުވަސް ފަހުންނެވެ. ނަސީމްގެ ދޮށީ އަނބި އަމީނާ "ސީއެންއެމް" އަށް ބުނީ ނަސީމަކީ ވަރަށް ހުލްގު ހެޔޮ ރަނގަޅު މީހެއްް ކަމަށާއި، އޭނާ އަކީ މަޑުމައިތިރި އެންމެނާއި ގުޅޭ މިޒާޖެއްގެ މީހެއް ކަމަށެވެ.

your imageރ. މާކުރަތު މުހައްމަދު ނަސީމް އަލީ/ ހައްޖުގެ އަޅުކަމުގައި މަރުވުމުގެ ކުރިން: ފޮޓޯ އާއިލާ

ނަސީމަކީ އެންމެ ކުރީއްސުރެ ވިޔަފާރި ކޮށް އުޅުނު މީހެކެވެ. "އިހި" ނަގައިގެން ފަސް ރުފިޔާއިން ފެށިގެން ވިއްކި ޒަމާނުއްސުރެ، ކުރަމުން އައި މަސައްކަތް ފުޅާކުރަމުން ގޮސް ނަސީމް ވަނީ ބޮޑު ވިޔަފާރިއަކަށް އެކަން ހަދާފައެވެ. މާކުތަރުގައި ނަސީމްގެ ފިހާރައެއް ހުރެެއެވެ. އޭގެ އިތުރުން މާލޭގެ ބާޒާރު މަތީގައި އަތޮޅު ފިހާރަ ބަރިތަކުގައި ނަސީމްގެ ދެ ފިހާރައެއް ހުރެއެވެ. އެއީ "ބަނޑަހަގެ" ނަމުގައި ހިންގާ ފިހާރައަކާއި، މާކުރަތުގައި ހިންގާ "އަމީނާ ޓްރޭޑާސް" އެވެ. 

މާކުތަތަށް އިޖުތިމާއީ ގޮތުންނާއި، އުމްރާނީ ގޮތުން އެކި މަސައްކަތްތަކެއް ނަސީމް ވަނީ ކޮށް ދެއްވާފައެވެ. ކުޅިވަރާއި އެހެނިހެން ކަންތައްތަކުގައި ވެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. 

އެ ދެ މަފިރިންގެ ކައިވެންޏަށް ހަތަރު ދަރިން ލިބިފައިވާއިރު، އެއީ ދެ ފިރިހެން ދަރިންނާއި، 2 އަންހެން ދަރިން ކަމަށެވެ. ނަމަވެސް ނަސީމުގެ ފަހުގެ ކައިވެންޏަށް ދަރިއަކު ނެތެވެ.

އަމީނާ އޭނާގެ ފިރިމީހާގެ ހަދާން އާކުރަމުން ބުނީ ނަސީމްގެ ސިކުޑީގައި ފަހުން ވަނީ މައްސަލައެއް ޖެހިފައި ކަމަށާއި، އެެއީ ހަދާން ނެތިވުމުގެ މައްސަލަ އެއް ކަމަށެވެ. އަދި ނަފްސާނީ މައްސަލައެއް ވެސް ހުންނަ ކަމަށް އަމިނާ ވަނީ ބުނެފައެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނަސީމް ހައްޖަށް ގޮސްފައިވާ ކަމަށާއި، މިއީ ނަސީމްގެ ތިންވަނަ "ހައްޖު" ދަތުރު ކަމަށެވެ. 

"މާލޭގެ މީހަކާއި ކައިވެނި ކޮށްގެން އުޅޭތީ މާލޭގައި ނަސީމް އުޅެނީ. އެކަމަކު އަޅުގަނޑާއި، ދަރިން ރަށުގައި އުޅޭތީ ނަސީމް އަންނާނެ ހަފްތާ ބަންދަށް ރަށަށް. އެންމެފަހުން ރަށަށް އައީ މި ފަހަރު ހައްޖަށް ދާންވެގެން. ބުނި އަދި އަންނާނެ ކަމަށް. ފުރަން އުޅެމުން ނަސީމް ބުނި މިފަހަރުގެ ދަތުރުގަ ކޯއްޗެއް ހޭ ގެންނާނީ. އަޅުގަނޑު ބުނިން އެއްވެސް އެއްޗެއް ނުގެނަޔަސް ރަނގަޅޭ. ނަސީމް ހެޔޮހާލުގައި ހުރެ އަޅުގަނޑު ކައިރިއަށް އައިމަ ރަނގަޅޭ" އަމީނާ ބުންޏެވެ.

އަނބިމީހާއި ދަރިންނާއި ބައްދަލުކުރުމަށް ފަހުން އަންނާނެ ކަމަށް ބުނެ ހައްޖުގެ އަޅުމަށް، ނަސީމް ފުރައިގެން ދިޔައީއެވެ. އެއްވެސް މީހަކަށް ނޭނގޭނެ ކަމަކީ އެމީހެއްގެ އަޖަލު ޖެހޭނެ ވަގުތެކެވެ. ކޮންމެ މީހަކުވެސް އެ މީހެއްގެ އަޖަލާއި ކުރިމަތިލާން ޖެހޭނެއެވެ. ވަގުތު އަރާ ހަމަކުރުމުން އެއްވެސް މީހަކަށް އެކަމަށް ބާރެއް ނުފޯރުވެއެވެ. އެގޮތަށް ނަސީމް އަށް ވެސް ކުރިމަތިލާން ޖެހުނީ އޭނާގެ އަޖަލާ އެވެ. އޭނާގެ ވެސް ވަގުތު އަރާ ހަމަކުރިއެވެ. 

ނަސީމް އަރަފާތައް ދިއުމަށް މިނާގައި ހުއްޓާ ގެެއްލިގެން ހޯދަން ޖެހުނެވެ. ހަތަރު ދުވަސް ވަންދެން ކުރި މަސައްކަތުގައި ނަސީމް ފެނުނު އިރު އެނާ އޮތީ މަރުވެފައެވެ. 

your imageރ. މާކުރަތު މުހައްމަދު ނަސީމް އަލީ/ ހައްޖުގެ އަޅުކަމުގައި މަރުވުމުގެ ކުރިން: ފޮޓޯ އާއިލާ 

ނަސީމު ނިޔާވެފައި އޮއްވައި ފެނުނީ ނޫރު ފަރުބަދަ ކައިރިން ކަމަށާއި، އަދި އެތަނުން އޭނާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށްވެސް އަމީނާ ބުންޏެވެ. ނަމަވެސް މަރުވެފައިވާތާ ހޭދަވީ ކިތައް ދުވަސް ކަމެއް މިނިސްޓަރީން ނާނންގާ ކަމަށް ވެސް އަމީނާ ބުންޏެވެ.

ނަސީމް މަރުވެފައި އޮއްވާ ފެނުނީ އިހުރާމް ހެދުމުގައި ކަމަށްވެސް އަމީނާ ބުންޏެވެ.

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް