ads
ރަށެއްގައި ހިންގަމުން އަންނަ ގެސްޓްހައުސްއެއް: އަހަރުގެ މިހާތަނަށް އަލަށް 41 ގެސްޓްހައުސް ވަނީ ހުޅުވާފައި - ފޮޓޯ:އެމްއެމްޕީއާރުސީ
އަހަރުގެ މިހާތަނަށް އަލަށް 41 ގެސްޓްހައުސް ހުޅުވައިފި
މި އަހަރުގެ މިހާތަނަށް އަލަށް 41 ގެސްޓްހައުސް ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަލަށް ހުޅުވި ގެސްޓްހައުސްތަކާ އެކު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 906 ގެސްޓްހައުސްއެއް ހިންގަމުން އަންނައިރު، 14،880 އެނދު އަންނަނީ ބޭނުންކުރަމުންނެވެ.

މިދިޔަ އަހަރު ނިމުނުއިރު ހުރި 865 ގެސްޓްހައުސްގައި ޖުމްލަ 13،992 އެނދު ބޭނުންކުރެވޭ ގޮތަށް ހުއްޓެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،249 ތަނެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 170 ރިސޯޓާއި 13 ހޮޓަލާއި 906 ގެސްޓްހައުސްގެ އިތުރުން 160 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 60،908 އެނދު ބޭނުންކުރެއެވެ.

މިދިޔަ އަހަރު ނިމުނުއިރު 168 ރިސޯޓާއި 158 ސަފާރީ ދިޔައީ ހިންގަމުންނެވެ. އަހަރު ނިމުނުއިރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް އެ ހިދުމަތްތައް ދޭ ތަންތަނުގައި 59،652 އެނދު އައީ ބޭނުން ކުރަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް