ads
މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ވީއައިއޭއަށް އައި އިންޓަނޭޝަނަލް ފްލައިޓުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 10 އިންސައްތަ ވަނީ އިތުރުވެފައި - ފޮޓޯ:ވީއައިއޭ
އެޕްރީލް މަހުގެ ނިޔަލަށް އައި އިންޓަނޭޝަނަލް ފްލައިޓުތައް 10 އިންސައްތަ އިތުރު
މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އައި އިންޓަނޭޝަނަލް ފްލައިޓުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 10 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން:

  • މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ވީއައިއޭއަށް އިންޓަނޭޝަނަލް 5،300 ފްލައިޓް ދަތުރުކުރި
  • މި އަހަރުގެ ފުރަތަމަ ހަތަރު މަހު ވީއައިއޭއަށް ދަތުރުކޮށްފައިވަނީ 5،841 ފްލައިޓް
  • މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 541 ފްލައިޓުގެ އިތުރުވުމެއް

އަހަރުގެ ފުރަތަމަ ހަތަރު މަހު އައި އިންޓަނޭޝަނަލް ފްލައިޓުގެ އަދަދުތައް:

  • ޖެނުއަރީ - 1،673 ފްލައިޓް
  • ފެބްރުއަރީ - 1،391 ފްލައިޓް
  • މާޗް - 1،472 ފްލައިޓް
  • އެޕްރީލް - 1،305 ފްލައިޓް

މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ޝެޑިއުލް އަދި ކާގޯ 5،168 ފްލައިޓް އައިސްފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޝެޑިއުލް އަދި ކާގޯ ފްލައިޓުގެ ގޮތުގައި ރާއްޖެއަށް އައިސްފައިވަނީ 4،280 ފްލައިޓެވެ.

ޝެޑިއުލް އަދި ކާގޯ ފްލައިޓުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވި ނަމަވެސް ޕްރައިވެޓް ޖެޓު އަދި ޗާޓަޑް ފްލައިޓް އައި އަދަދު މިދިޔަ އަހަރަށް ވުރެ މި އަހަރު ވަނީ މަދުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ޕްރައިވެޓް ޖެޓު އަދި ޗާޓަޑް ފްލައިޓުގެ ގޮތުގައި 1،020 ފްލައިޓް ރާއްޖެއަށް އައިސްފައިވެއެވެ. މި އަހަރުގެ އެ މުއްދަތުގައި ޕްރައިވެޓް ޖެޓު އަދި ޗާޓަޑް ފްލައިޓުގެ ގޮތުގައި އައިސްފައިވަނީ 673 ފްލައިޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް