ads
ގޮއިދޫގައި މިއަހަރު ކުރިއަށް ދިޔަ 'ފަޔާ ބޯލް' ހަރަކާތުގެ ތެރެއިން: ފޮޓޯ
ގޮއިދޫގައި މިއަހަރުވެސް އަލިފާން ބޯޅަ ކުޅުނު
ބ. ގޮއިދޫގައި މި އަހަރުވެސް އަލިފާން ބޯޅަކުޅުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފިއެވެ.

އެރަށު ކައުންސިލާއި ރަށުގެ ޖަމިއްޔާތައް ގުޅިގެން އީދު ފާހަގަކުރަމުން އަންނައިރު، އެންމެ ގިނަބައެއްގެ ތަރުހީބު ލިބެމުން އަންނަނީ އަލިފާން ބޯޅައިގެ ހަރަކާތަށެވެ. 

އަލިފާން ބޯޅަ އަކީ ފުޓުބޯޅަ ގޮތަށް ކުޅޭ ކުޅިވަރެކެވެ. ނަމަވެސް ތަފާތަކީ ދަނޑުގެ ރޮނގުތައް ވަކިކޮށްފައިވަނީ އަލިފާނުންނެވެ. އަދި ބޯޅައިގައިވެސް އޮންނަނީ އަލިފާން ރޯކޮށްފައެވެ. 

"އެތައް ޒަމާނެއްވެއްޖެ މި ކުޅިވަރު ކުޅޭތާ. މިއީ ގޮއިދޫ މިހުންގެ ފޭވަރިޓު ކުޅިވަރު،" ޖަލީލް ކިޔާމީހަކު ބުންޏެވެ. 

ގޮއިދޫގައި މި ކުޅިވަރަށް ދީފައިވާ ނަމަކީ 'ފަޔާ ބޯލް' އެވެ. މި ކުޅިވަރަކީ ކޮންމެ އަލްހާ އީދަކާ ދިމާކޮށް އެ ރަށުގައި ކުޅެމުން އަންނަ ކުޅިވަރެކެވެ. މި ކުޅިވަރު އެ ރަށުގައި ކުޅޭތާ ޒަމާންތަކެއް ވެއްޖެއެވެ. 

މިއީ ނުރައްކާތެރި ކުޅިވަރެއް ނަމަވެސް، އެރަށުގެ ޒުވާނުން މިހާރު މި ކުޅިވަރަށް ވަރަށް ފަރިތަވެފައި މޮޅެވެ. 

'ފަޔާ ބޯލް' ކުޅޭއިރު އެރަށު ޒުވާނުގެ ރައްކާތެރިކަމަށް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައިކަމަށް އެރަށު ކައުންސިލާއި އީދު ކުޅިވަރުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް