ads
ރީކޯ——
ރަށްރަށުގައި ހިލޭ ގޯތި ދޭގޮތަށް މާލެ މީހުންނަށް ހިލޭ ގޯތި ދެވެން ވާނެ: މޫސަ
ރާއްޖޭގެ އެހެން ރަށްރަށާއި ސިޓީތަކުގައިވެސް ގޯތި ދެނީ ހިލޭކަމަށާއި މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމަކީ މައްސަލައެއް ނޫންކަމަށް ،މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ ދައުލަތުގެ ބިންތައް ހިލޭ ދިނުންކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަނީ ފިތުނަވެރި ވާހަކަތަކެއް ކަމަށާއިފިތުނައެއް އުފައްދަން މަސައްކަތްކުރާ މަދު ބަޔަކު މާލޭ ރައްޔިތުން އުޅުނު ހާލަށް ނުވިސްނާ ޒާތީވެގެން ވާހަކަ ދައްކަމުންދާ ކަމަށެވެ. 

"އެފަދަ ވާހަކަތައް ދައްކާ ފަރާތްތައް ނިސްބަތްވާ ރަށާއި، ސިޓީންވެސް ބޯހިޔާވަހިކަމަށް ގޯތި ވިއްކުމުގެ ބަދަލުގައި ދެނީ ހިލޭ،" - ރީކޯ މޫސަ-

މޫސަ ވިދާޅުވީ މާލޭ މީހަކަށް ގޯއްޗެއް ދީފާނެތީ އެކަމާއި ދެކޮޅަށް އަޑުއުފުލި ދެތިން މީހަކު އެކަން ހުއްޓުވުމަށް ކޯޓަށް ދިޔަކަމަށާއި، ނަމަވެސް އެކަމުގައި ކުރިއެރުމެއް ނުލިބުނުކަމަށެވެ.

އެވަރުންވެސް އޮޅުންނުފިލައިގެން މާލޭ މީހުންނާއި ޒާތީވަމުން ގޮސް، ސަރުކާރުން ގޯތި ދިނީމަ ދެން މި ނިކުންނަނީ ދައުލަތް ހުއްޓުވާލުންތޯ؟ މޫސަ ވިދާޅުވިއެވެ.

މޫސަ ވަނީ ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރިޔަސް، މާލޭ މީހުންގެ ބޯހިޔާވަހިކަމާއި އަޅުވާ ގަދަބަސް ނުބުނަން އިލްތިމާސް ކުރައްވާފައެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސާލު ވަނީ މާލެ ސަރަހައްދުން ޝަރުތުހަމަވާ އެންމެނަށް ގޯތި ދިނުމަށް ނިންމާފައެވެ. މިގޮތުން ގެދޮރުވެރިއާ ސްކީމުގެ ދަށުން 12،000 އަށްވުރެ ގިނަ ގޯތި ވަނީ ދޫކޮށްފައެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް