ads
ހޯމް މިނިސްޓަރު އިމްރާން
ނޫސް މަޖައްލާތައް ރަޖިސްޓަރީކުރުން އޮންލައިންކޮށް
ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރަން އޮންލައިންކޮށް ހުށަހެޅޭ ގޮތް ހޯމް މިނިސްޓްރީން ހަދައިފިއެވެ.

އެމިނިސްޓްރީން މިއަދު ވިދާޅުވީ މިއަދުން ފެށިގެން މިނިސްޓްރީގެ އާވެބްސައިޓް ބޭނުން ކުރަން ފަށާފައިވާ ކަމަށާއި، އެވެބްސައިޓުން ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރަން އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ.

ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރަން އޮންލައިންކޮށް ހުށަހެޅޭ ގޮތް ބަދަލުކުރި ނަމަވެސް ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރަން ކުރިން ވެސް ހުށަހަޅަން ޖެހޭ ލިޔުންތައް އަދިވެސް ހުށަހަޅަން ޖެހޭނެއެވެ.

ލިޔެކިޔުންތައް ފުރިހަމަނަމަ ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރަން ހުށަހަޅާތާ ހަފްތާއެއްގެ ތެރޭގައި ރަޖިސްޓްރީ ކޮށްދޭނެއެވެ.

ރަޖިސްޓްރީ ކުރެވިފައިވާ ނޫހެއްގެ އެއްވެސް މައުލޫމާތެއް ބަދަލުވެއްޖެނަމަ، އެކަމާ ގުޅިގެން ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު ހޯމް މިނިސްޓްރީއަށް އަންގަން ޖެހޭނެއެވެ.

ރާއްޖޭގައި މިހާރު ރަޖިސްޓަރީ ނުކޮށް ނޫސް މަޖައްލާތައް ހިންގަމުންދާ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް