ads
އުރީދޫ ސްޓެމް ފެއާ 2023: ހަގީގީ ދުނިޔޭގެ މައްސަލަތަކަށް ދަރިވަރުންގެ އީޖާދީ ހައްލުތައް ވަނީ ދައްކާލާފައި - ފޮޓޯ:އުރީދޫ
މާލޭ ސަރަހައްދުން ގްރޭޑް އެކަކަށް 2800 ކުދިން ވައްދައިފި
ގްރޭޑް އެކަކަށް 2800 އެއްހާ ކުދިން އަލަށް ސްކޫލަށް ވައްދާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދިރާސީ އައު އަހަރަށް، މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް އެކަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުލުވާލީ އޭޕްރީމް މަހުގެ ތެރޭގައެވެ. އަދި މިހާރު ވަނީ އެފުރުސަތުގެ މުއްދަތު ހަމަވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހްސާން ވިދާޅުވީ، ގްރޭޑް އެކަކަށް ކުދިން ވެއްދުމަށް ހުޅުވާލި ފުރުސަތު ހަމަވީއިރު، މާލެ ސަރަހައްދުގެ ސްކޫލްތަކަށް 2800އެއްހާ ކުދިން ވައްދާފައިވާކަމަށެވެ. 

ސަރުކާރު ސްކޫލްތަކަށް މިހާރު ޖާގަ ދެމުން އަންނަނީ، އެ ކުއްޖަކު ދިރިއުޅޭ ގެ ހުންނަ ސަރަޙައްދާ އެންމެ ކައިރި ސްކޫލްތަކަށް އިސްކަން ދީގެންނެވެ. މިއީ ސްކޫލަށް ކުދިން ގެންދިއުމަށް ފަސޭހަކުރުމަށް ކަނޑައަޅާފައިވާ އުސޫލެކެވެ.

ޑެޕިއުޓީ މިނިސްޓަރ އިހްސާން ވިދާޅުވީ، ދިރާސީ އައު އަހަރު ފެށެންވާއިރަށް ސްކޫލްތަކަށް މުދައްރިސުން ހަމަކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ބިދޭސީ ޓިޗަރުންގެ ބަދަލުގައި ދޭސީ ޓީޗަރުންނަށްކަމަށާއި، އެގޮތުން ބައެއް ސްކޫލްތަކުގައި މަގާމުތައް އުފައްދައި އެ މަގާމުތަަކަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށްދާކަން އިހްސާން ފާހަގަކުރެއްވިއެވެ. އިހްސާން ވިދާޅުވީ މިހާރު މިނިސްޓްރީގެ ޕޮލިސީއަކީ ދިވެހި މުދައްރިސުން ހޯދުމަށް އިއުލާންކުރުމަށްފަހު ނުލިބިއްޖެނަމަ، ބިދޭސީ ޓީޗަރުން ހޯދުންކަމަށެވެ. އިހްސާން ވިދާޅުވީ، އަހަރުން އަހަރަށް ބަލާއިރު، ބިދޭސީ ޑޓީޗަރުންގެ ޢަދަދު ވަރަށް ބޮޑަށް މަދުވަމުން އަންނަކަމަށެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިމުނީ ޖޫން މަހުގެ 22ގައެވެ. އަދި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް