މައުލޫމާތު ލިބިފައިވާގޮތުގައި ލޯންޗުތަކުގައި ރޯވެފައި ހުއްޓައި ފެނުނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. މި ހާދިސާގައި ތިން ލޯންޗުވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އަނދާ ހުލިވި ތިން ލޯންޗު ނިސްބަތްވަނީ ތިން މީހަކަށެވެ. ރޯވެފައިވަނީ މަތި ހިޔާކޮށްފައިވާ ކުދި ލޯންޗު ތަކެކެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއްނުވެއެވެ.