ads
ބަޖެޓު ދިރާސާކުރާ ކޮމެޓީ
އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭގޮތަށް ކޮމެޓީތައް އެކުލަވާލަން ހުށަހަޅާއިފި
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ތަކުން އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭގޮތަށް އެކުލަވާލަން ޑިމޮކްރެޓްސް އަދި ޕީއެންސީ އިން ހުށަހަޅައިފިއެވެ.

މި އިސްލާހުތައް މަޖިލީހަށް ހުށަހަޅާފައިވަނީ ޑިމޮކްރެޓްސް ގެ ފަރާތުން އަލީ އާޒިމް އަދި ޕީއެންސީގެ ފަރާތުން އާދަމް ޝަރީފް އުމަރު އެވެ. 

މި އިސްލާހުތަކުގައިވާ ގޮތުން މަޖިލީހުގެ ދާއިމީ ސޯޅަ ކޮމެޓީއަށް މެމްބަރުން އެކުލަވާލައި މަޖިލީހުގެ އިދާރާއަށް ވަނީ ހުށައަޅާފައެވެ. 

މިގޮތުން އާދަމް ޝަރީފް ހުށަހެޅުއްވި ހުށަހެޅުމުގައި ކޮމެޓީތަކުގައި ތިބީ އެމްޑީޕީގެ ހަތަރެއް އަދި ފަސް މެންބަރުންނެވެ. 

ކޮމްޕޮޒިޝަން ބަދަލުކުރަން އާދަމް ޝަރީފް ހުށަހަޅުއްވާފައިވަނީ ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ، މާލިއްޔަތ،ު އިޤްތިސާދީ ކޮމިޓީ، ޖުޑީޝަރ،ީ ހިއުމަން ރައިޓްސ،ް ސްޓޭޓް އޯންޑް އެންޓާރޕްރައިސަސް ކޮމިޓީ، ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމިޓީ، އަދި އާންމުކޮމިޓީއަށެވެ. 

ޑިމޮކްރޭޓްސް ގެ ފަރާތުން އިސްލާހު ހުށަހަޅާފައިވަނީ ހަތަރު ކޮމެޓީއަކަށެވެ. އެ ކޮމެޓީތަކުން އެމްޑީޕީއަށް ދިނުމަށް ހުށަހަޅާފައިވަނީ ހަތަރު ސްލޮޓާއި ދެ ސްލޮޓެވެ. އެ ކޮމެޓީތަކަކީ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ، މާލިއްޔަތު ކޮމެޓީ، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ، އަދި އާންމުކޮމެޓީއެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް