ވައްޑެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބު ރާއްޖެއިން ބޭރަށް ފުރުވައިލުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައެވެ.
ހިޔާނާތުގެ އެތައް ތުހުމަތެއް ކުރެވިފައިވާ އަދީބު، 2019 ވަނަ އަހަރުވެސް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއެވެ.
އަދީބު ބޭސްފަރުވާއަށް ދިޔުމަށް ހުއްދަ ދިނުމުން އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދުނެވެ. އަދި އެކަމާ ގުޅިގެން ހޯމް މިނިސްޓްރީއާއި، ކަރެކްޝަންސްއާއި ފުލުހުން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ވެސް ހާޒިރު ކުރިއެވެ.
އަދީބުގެ އާއިލާއިން އޭރު ބުނީ، އޭނާއަށް ޖެހިފައި ވަނީ ގްލޮކޯމާ ނަމަކަށް ކިޔާ ލޮލުގެ ބައްޔެއް ކަމަށެވެ.
އޭގެ ކުރިން އޭނާ ވަނީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެން އާގު ބޯޓެއްގައި ފިލަން އުޅެނިކޮށް ވެސް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރީ އިންޑިއާ ކޯސްޓުގާޑުންނެވެ.