ads
މީހެކުރިން ގުޅީފަޅު ހިއްކަނީ: ފޮޓޯ ބޮސްކާލިސް
ގުޅީފަޅު ބިންހިއްކުން ރަސްމީކޮށް މިއަދު ފަށަނީ
ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު މިއަދު ބާއްވާން ތައްޔާރުވެފައި ވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ގުޅިފަޅުގެ ބިން ހިއްކުމުގެ ޕްރޮޖެކްޓު ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު ފަހެއް ޖަހާއިރު އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް އޮންނާނެ ކަމަށެވެ. އަދި އެ ރަސްމިއްޔާތު ޓީވީން ލައިވް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ އެވެ. ބިޑަކާ ނުލައި ބޮސްކާލިސްއާ އެ ޕްރޮޖެކްޓް ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެ ޕްރޮޖެކްޓަށް ދެ ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހާއްސަ ކުރަނީ ސަރުކާރުން އެތަނުގައި ހަދާ ސަރަހައްދީ ބަނދަރު ނުވަތަ ޕޯޓްގެ މަސައްކަތަށެވެ. އެ މަޝްރޫއާއެކު، މިހާރު މާލޭގެ އުތުރު ފަރާތުގައި ހިންގަމުން އަންނަ ވިޔަފާރި ބަނދަރުގެ ހުރިހާ ހިދުމަތެއް ގުޅިފަޅަށް ބަދަލުކުރާނެ އެވެ.

ގުޅިފަޅުން ހިއްކާ ބިމުން މާލެ މީހުންނަށް ގޯތި ދޭން ވެސް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.




100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް