ads
އިމާދު ސޯލިހު ފޮޓޯ މިހާރު
މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހު ހާއްސަ ހަރަކާތްތަކެއް
މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހު ހާއްސަ ހަރަކާތްތަކެއް ރާވާފައިވާކަމަށް، ނޯޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސާލިހު ވިދާޅުވެއްޖެއެވެ.

"ރާއްޖެޓީވީ" ގެ ޕްރޮގްރާމެއެއްގައި ވާހަކަފުޅު ދައްކަވަމުން އިމާދު ވިދާޅުވީ އެންޓި ޑްރަގް ޑޭއާ ގުޅިގެން ރާއްޖޭގައި ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެގޮތުން ދުވަހާއި ގުޅިގެން 3 ކަމެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ އެންޓި ޑްރަގް ޑޭގެ ރަސްމީ ޖަލްސާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސާލިހު އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެ ޖަލްސާގައި އެންޑީއޭ ރީބްރޭންޑްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ތާވަލްކޮށްފައިވާ ކަމަށާއި އެންޑީއޭގެ ދިރާސާތައް އާއްމު ކުރުން ވެސް އެ ޖަލްސާގައި އޮންނާނެ ކަމަށް އިމާދު ވިދާޅުވިއެވެ.

އެ ދުވަހުގެ ދެ ވަނަ ހަރަކާތެއްގެ ގޮތުން އެންޓި ޑްރަގް ޑޭއާ ގުޅޭ ހާއްސަ ދުވުމެއް ކުރިއަށް ގެންދަން ނިންމަވާފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ. އަދި އެ ދުވުން ކުރިއަށް ދާނީ އެންޑީއޭގެ ސެންޓަރުތައް ހުރި ހުރިހާ ރަށެއްގައި އެއް ފަހަރާ ކަމަށް އިމާދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް