ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ޖަރުމަނުގެ އާ ޗާންސެލަރަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ
ޖަރުމަނުގެ އާ ޗާންސެލަރަކަށް ފްރިޑްރިޗް މެރޒް ހޮވިވަޑައިގަތުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި ޖަރުމަނާ ދެމެދު އޮތް ގާތް އަދި ރައްޓެހި ގުޅުމަށް ރާއްޖެއިން އަގު ހުރި ކަމަށެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ ފްރިޑްރިޗް މެރޒްގެ ދައުރުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެފަރާތުގެ އެއްބާރުލުން ކުރިއެރުވުމަށް ރާއްޖެއިން ބޭނުންވާ ކަމަށެވެ. އަދި ދުނިޔޭގެ ކަންކަމުގައި ދެ ގައުމުން ހިއްސާކުރާ އިސްކަންދޭ ކަންތައްތައް ކުރިއަށް ގެންދިއުމަށްވެސް ރާއްޖެއިން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް