ads
އަމްރު އަދި އަލީ ޒާހިރު
އަލީ ޒާހިރުގެ ރައްދު އަމްރުއަށް: ތީ ޑިމޮކްރަސީއާ ބީރައްޓެހި ހުތުރު ކަމެއް
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ދެއްކެވި ވާހަކަތަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފާޑު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވަނީ ބައެއް ނޫސްވެރިން ދެންނެވި ސުވާލުތަކާމެދު ހިތްހަމެޖެހިވަޑައިނުގެން އެއީ ރައީސް އޮފީހުން އަންގާ ހެޑްލައިނެއް ޖެހުމަށް ކުރަމުންދާ ސުވާލުތައް ކަމަށް ތުހުމަތުކުރައްވާފައެވެ.

އަދި ނޫސްތަކަށް ސަރުކާރުން ފައިސާ ދޭކަމަށް ތުހުމަތުކުރައްވާ އަމްރު ވަނީ އެ ފައިސާ އަކީ ރައްޔިތުންގެ ޓެކްސް ފައިސާ ކަމަށް ވިދާޅުވެފައެވެ. އަމްރު ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ނޫސްވެރިންނަށް ފާޑު ވިދާޅުވެފައެވެ. މި ހަތަރު އަހަރު ތެރޭގައި ނޫސްވެރިކަމުގެ ދަރަޖަ ފަަހަތަށް ސޮއްސާލާފައިވާ ކަމަށާއި، ނޫސްވެރިކަމުގައި ކުރިއެރުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ނޫސްތަކުގެ ވެރިން ތިބީ ”ވިކިފައި“ ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ހުރިހާ ނޫސްވެެރިންނަށް ނިސްބަތްވާ ގޮތަށް އަމްރު ދެއްކެވި އެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަަމަށެވެ. އަދި އެއީ ޑިމޮކްރެޓިކް އަދި ކުރިއަރާފައިވާ މުޖުތަމައުއެއްގައި ވަރަށް ބީރަށްޓެހި ހުތުރު އަމަލެއް ކަަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް