ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: މަޖިލިސް
ދައުރުން ބޭރުން ބޭއްވި ޖަލްސާ ކުރިއަށް ނުގޮސް ނިންމާލައިފި
މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުގެ ނިސްބަތަށް ބަދަލު އަންނާނެ ކަމަށް ބުނެ، ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާ ނިންމާލައިފި އެވެ.

ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ، ނަޝީދާއި ޗެކްމާކް ރަޝީދު މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަން ފާހަގަކުރައްވައިފަ އެވެ.

އަދި އެ އާއެކު މަޖިލީހުގައި އެމްޑީޕީ ތަމްސީލުވާ ނިސްބަތަށް ބަދަލު އަންނާނެތީ، ދާއިމީ ކޮމިޓީތައް އެކުލަވާލަން މިހާރު ހުށަހަޅާފައިވާ ގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށް އަފީފް ވިދާޅުވި އެވެ.

އެހެންކަމުން މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުގެ ނިސްބަތަށް ބަދަލު އަންނާނެ ކަމަށް ބުނެ، ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާ ނިންމާލީ ކަމަށް އަފީފް އިއުލާން ކުރެއްވި އެވެ. 

މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވި މަޖިލީހުގައި މަރުތަޅު އެޅި، އީދު ބަންދުގެ ކުރިން މަޖިލީހުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ މުހިންމު މަސައްކަތްތަކެއް ނުނިންމަ އެވެ.

އެއާ އެކު، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސޮއި ކުރައްވައި މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ މަޖިލީހުގެ ދައުރު ނިންމާލާފައި ވަނީ ކޮމިޓީތައް އެކުލެވިގެންވާ ގޮތާ ބެހޭ ގޮތުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް