ads
ކޫލް ބޮކްސް
ކުއްޔަށް ގެންދިޔަ ކޫލް ބޮކްސްއެއްގެ ބަދަލުގައި 64000 ރުފިޔާ ދައްކަން ޖެހިއްޖެ
ކުލީ ބަޔަކުން ދުވަހު ކުއްޔަށް ގެންދިޔަ ކޫލްބޮކްސްއެއްގެ އަނބުރާ ރައްދުނުކޮށްގެން، 640019 ރުފިޔާ ދައްކަން ދިވެހި ފިރިހެނެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހު، މާލޭގެ މަޝްހޫރު ކުލީ ބަޔަކުން އެއް ދުވަހަށް ކުއްޔަން ނެގި 40 ލީޓަރުގެ ކޫލް ބޮކްސްއެއް އަނބުރާ ރައްދުނުކުރި މައްސަލައެކެވެ. 

މި މައްސަލަައިގައި ކުލީ ބައިން، ކުއްޔަން ކޫލް ބޮކްްސް ގެންދިޔަ މީހާގެ މައްޗަށް ދައުވާކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ދައުވާއާ ގުޅިގެން ހުރިހާ ލިޔެކުންތައް ދައުވާ ލިބޭ ފަރާތަަށް ރައްދު ކުރި ނަަމަވެސް މި މައްސަލައިގައި އެ މީހާ ދައުވާއަށް ޖަވާބުދީފައެއް ނުވެއެވެ. 

މި މައްސަލައިގައި ދައުވާ ލިބޭ ފަރާތުން ދައުވާއަށް ޖަވާބުދާރީ ނުވެ، އަދި ކޯޓަށްވެސް ހާޒިރުވެފައިނުވާތީ މައްސަލަ ނިންމާފައިވަނީ ގައިރު ހާޒިރުގައެވެ. 

މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ ހަފްތާގައި ކުރި ހުކުމުގައި، ބުނެފައިވަނީ ހުކުމް ކުރި ދުވަހުން ފެށިގެން މަސް ދުވަހުގެ ތެރޭގައި ކުލީ ބަޔަށް 640019 ރުފިޔާ ދައްކައި، އަދި ކޫލްބޮކްސް ވެސް ހަވާލު ކުރުމަށެވެ. މައްސަލަ ނިންމެވީ ގާޒީ ފަރުހާދު ރަޝީދުއެވެ. 

46%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް