ads
ރާއީ މުނައްވަރު: ފޮޓޯ ޓުވިޓާ ރާއީ
ޖިންސީ ފުރައްސާރަ ރިޕޯޓު ކުރުމުން ޖެހީ ހިނިގަނޑެއް: ރާއީ
ޖިންސީ ފުރައްސާރައިގެ އަމަލެއް ހިންގައިގައި، 'ދައުލަތުގެ ފައިސާ' އިން އޭނާ ގަނެލަން އުޅުމުން އޭނާ އެކަން ރިޕޯޓުކުރަން މަސައްކަތް ކުރުމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު 'ހިނިގަނޑެއް ޖެހި' ކަމަށް 'އެޑިޝަން' ގެ ކުރީގެ އެޑިޓާ ރާއީ މުނައްވަރު ހާމަކޮށްފިއެވެ.

ރާއީ މިވާހަކަ ހާމަކޮށްފައިވަނީ ދަ ޑިމޮކްރޭޓްސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ފަރާތުން ވާހަކަދެއްކެވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ނޫސްވެރިންނަށް ފާޑު ވިދާޅުވުމުން، އެކަން ކުށްވެރިކުރައްވައި އަލީ ޒާހިރު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. 

"ޕްރެސިޑެންޓް އޮފީހުގެ އިސްމީހެއް އުޅުނުގޮތް ރިޕޯޓުކުރީމާ އަޕިލް ޖެހީ ހިނިގަނޑެއް،" ރާއީ މިއަދު ބުނެފައިވެއެވެ.

އޭނާ ބުނީ އޭނާގެ މައްސަލަ ރިޕޯޓުކުރި ބައެއް ނޫސްތަކަށް ލޯނާއި އިޝްތިހާރު ދީގެން ބިރުދެއްކި ވާހަކަވެސް އަޑުއެހިކަމަށެވެ. 

ރައީ އެބުނާ ރައީސް އޮފީހުގެ އޮފިޝަލުގެ މައްސަލަ ފުލުހުން ވެސް ވަނީ ބަލާފައެވެ. އަދި އޭނާ މިހާރު މަގާމުން އެކަހެރިކޮށްފައިވާކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. ރައީސް އޮފީހުގެ އޮފިޝަލަށް ރައީ އޭރު ކޮށްފައިވަނީ 'ހަށި ގަންނަން ރިޝްވަތު ހުށަހެޅި' ކަމުގެ ތުހުމަތެވެ. 

0%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
45%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް